ހުރިހާ ދިމާއެއްގައި ބިދޭސީ މަސައްކަތްތެރިން

އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ ތިން މީހުނުން އެކަކީ ބިދޭސީއެއް ކަމަށް ދައްކައެ އެވެ.

ރާއްޖޭގެ އިގްތިސާދާއި ވިޔަފާރީގެ ބޮޑު ބައެއް ބިދޭސީންނަށް ބަރޯސާވެފައިވާ ވަރު މާލޭގެ ނޯތް ހާބަރު ސަރަހަށްދުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެނެއެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އިތުރުވަމުން ދަނީ ކަންބޮޑުވާން ޖެހޭ ވަރުގަ އެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ނޯތު ހާބަރު ސަރަހަށްދަށް ގެނެވޭ ގިނަ މުދާ އަރުވާ ބޭލުމުގަ އާއި އެ ސަރަހަށްދަށް ގެނެވޭ މުދާ ދޫކުރުމުގެ ލިޔެ ކިޔުން ބެލެހެއްޓުމުގައި ވެސް ހަރަކާތްތެރިވަނީ ބިދޭސީންނެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
މުދާ އުފުލާ ގިނަ ބޯޓު ފަހަރުތަކުގައި ފަޅުވެރިންނަށް ވެސް ހަރަކާތްތެރިވަނީ ބިދޭސީންނެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ނުވަ އަހަރު ފަހުން 2022 ވަނަ އަހަރު ހިންގުނު ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އެ މުއްދަތުގައި 36,707 ބިދޭސީން އިތުރުވެފައިވާ ކަމަށް ދައްކައެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
2022 ވަނަ އަހަރުގެ ބޯ ހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ ތިން މީހުނުން އެކަކީ ބިދޭސީއެކެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ރާއެޖޭގެ އާބާދީގެ 26 ޕަސެންޓް ހިއްސާކުރަނީ ބިދޭސީންނެވެ. އެއީ 132،000 އަށް ވުރެ ގިނަ ބިދޭސީންނެވެ. މިއަދަދުގެ ސައްހަކަން ކަށަވަރު ކުރެވޭނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތު ފުރިހަމައަށް 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ލިބިފައިވާކަން ޔަގީންކުރެވިގެނެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ގަވައިދާ ހިލާފަށް އުޅޭ ބިދޭސިން ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި 43000 ބިދޭސީއަކު ރެޖިސްޓްރީ ކުރިއެވެ. މީގެ ތެރެއިން 10،000 މީހުން ގަވައިދުގެ ތެރެއަށް ފެއްތުނެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ބިދޭސީންގެ ސައްހަ އަދަދެއް ހޯދައި މޮނިޓަ ކުރާނެ ހަރުދަނާ ނިޒާމެއް ރާއްޖެއަށް ވަނީ ގެންނަން ޖެހިފަ އެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް
ބިދޭސީން ގިނަވުމަކީ ގައުމުގެ އިގްތިސޮދަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. ގައުމަށް ވަންނަ ގިނަ އަދަދެއްގެ ޑޮލަރު ބިދޭސީން ގިނަވުމުގެ ސަބަބުން ގައުމުން ބޭރުވެއެވެ. -- ފޮޓޯ: ޔާމިން މުޙައްމަދު / މިނޫސް

ކޮމެންޓް

1
450
މުފާޒާ
2 months ago

ތިވާހަކަ ދައްކާނެ ކަމެއްނެތަދޯ. ދިވެހިންގެ ކަންނެތްކަން ތީގެންފެންނަނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.