ޕްރައިމަރީތަކުގައި ވާދަ ކުރާން ވާނީ ނަތީޖާ ގަބޫލުކޮށް މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތަށް އަރަން ކެރޭނެ މީހުން ކަމަށް ބުނެ އަނާރާއާ ދުންޔާއަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން ބޭއްވި ޕްރައިމަރީން ނާކާމިޔާބުވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް، މަޖިލީސް އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަ ކުރަން ނިންމާ ފޯމް ހުށައަޅައިފި އެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮތް ޕީއެންސީ/ޕީޕީއެމް ޕްރައިމަރީ ގައި ދުންޔާ ވާދަ ކުރީ ހުޅުމާލެ ދެކުނު ދާއިރާ އަށެވެ. ބޮޑު ތަފާތަކުން އޭނާ ވަނީ ޕްރައިމަރީން ނާކާމިޔާބު ވެފައެވެ. 469 މީހުން ވޯޓްލީ އިންތިހާބު ގައި ދުންޔާ އަށް ލިބުނީ 70 ވޯޓެވެ. އެ ދާއިރާގެ ޓިކެޓް ލިބުނީ ޝާނީޒް ހާސިމެވެ. އޭނާ ވަނީ 240 ވޯޓް ހޯއްދާފައެވެ. ދެން ވާދަކުރި ރަހްމަތުﷲ އަޝްރަފް ވެސް ވަނީ 102 ވޯޓް ހޯދާފައެވެ.
އަނާރާ ކުރިމަތިލީ ހުރާ ދާއިރާ އަށެވެ. ހުރާ ދާއިރާގެ ޓިކެޓް ހޯދުމަށް ހަތް ކެންޑިޑޭޓަކު ވާދަކުރި އެވެ. ޓިކެޓް ލިބުނީ އަބްދުﷲ ވާރިސް އެވެ. އޭނާ ނިސްބަތް ވަނީ ގުޅި އަށެވެ. ވާރިސް ވަނީ 372 ވޯޓް ހޯދާފައެވެ. އަނާރައަށް ލިބުނީ 257 ވޯޓެވެ.
ނަމަވެސް ދާއިރާގެ ގިނަ ބަޔަކު އެދޭތީ ކަަމަށް ވިދާޅުވެ ދުންޔާއާ އަނާރާ ވަނީ މަޖިލީސް އިންތިހާބު ގައި އަމިއްލަ ގޮތުން ވާދަ ކުރަން ފޯމް ހުށައަޅާފައެވެ. އެ ނިންމުމާ އެކު ވަރަށް ގިނަ ބަޔަކު ދަނީ އެ ދެ ބޭފުޅުންނަށް ފާޑު ކިޔަމުންނެވެ.
ޕްރައިމަރީތަކުގައި ވާދަ ކުރާން ވާނީ ނަތީޖާ ގަބޫލުކޮށް މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތަށް އަރަން ކެރޭނެ މީހުން ކަމަށް ބުނެ އަނާރާއާ ދުންޔާއަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.
އަނާރާއާ ދުންޔާގެ އިތުރުން ވެސް ޕްރައިމަރީން ބަލިވި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަ ކުރަން ފޯމް ވަނީ ހުށައަޅާފައެވެ. އެފަދަ ބައެއް ބޭފުޅުން އަމިއްލަ ގޮތުން ވާދަ ކުރަން ހުށައެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު ކަމަށް ވެ އެވެ.