އަސްލަމާއި ސަލީމް ވަކިކުރަން ހުށަހަޅި މައްސަލަ ނަގައިފި

އޭގެ ތެރެއިން 13 މެމްބަރަކު ވަނީ އަނބުރާ ސޮއި ނަގާފަ އެވެ. އެ މެމްބަރުން އަނބުރާ ސޮއި ނަގާފައިވާ ސަބަބެއް ކަމަށް ފާހަގަކުރެއްވީ، މިވަގުތަށް މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވުމެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި ނައިބް ރައީސް އަހުމަދު ސަލީމް --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހްމަދު ސަލީމް މަގާމުން ވަކި ކުރުމަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

މަޖިލީހަށް މި މައްސަލަ ހުށައެޅީ ޕީޕީއެމް / ޕީއެންސީއާ އެމްއެމްޕީ އަދި އެމްޑީއޭގެ މެންބަރުން ގުޅިގެންނެވެ. ޖުމްލަ 23 މެންބަރަކު ސޮއި ކުރުމަށް ފަހު ދެ ބޭފުޅުން މަގާމުން ވަކިކުރަން ހުށަހެޅީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އެގޮތުން، ޕީޕީއެމާއި ޕީއެންސީގެ 18 މެންބަރުންގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ސޮއި ކުރައްވާފަ އެވެ.

އޭގެ ތެރެއިން 13 މެމްބަރަކު ވަނީ އަނބުރާ ސޮއި ނަގާފަ އެވެ. އެ މެމްބަރުން އަނބުރާ ސޮއި ނަގާފައިވާ ސަބަބެއް ކަމަށް ފާހަގަ ކުރެއްވީ، މިވަގުތަށް މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވުމެވެ.

މި މައްސަލާގައި ދެ ބޭފުޅުންނަށް މަޖިލީހުން ވަނީ ނޯޓިސް ވެސް ފޮނުވައިފަ އެވެ. މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ މި މައްސަލަ ކުރިއަށް ގެންދިއުމަށް ވަގުތު ކަނޑައެޅުމުގެ ގޮތުން މިއަދު މަޖިލީހުގެ އާންމު ކޮމިޓީގައި މައްސަލަ ތާވަލު ކޮށްފައި ވަނިކޮށެވެ.

މަޖިލީސް ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ މެމްބަރުންގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާ ގަރާރަކުންނެވެ. އެއީ މަދުވެގެން 20 މެމްބަރުންގެ ސޮޔެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.