އަވަހާ އިންވެސްޓްމަންޓް އަނބުރާ ލިބޭ 5 ގައުމުގެ ތެރޭ ރާއްޖެ ހިމެނޭ

ރާއްޖެއަކީ ލަގްޒަރީ ޓޫރިޒަމް އޭގެ އެންމެ ފުން މާނާގައި ތަރައްގީކޮށް ހިދުމަތް ދެމުން ގެންދާ ވަރުގަދަ މަންޒިލެކެވެ.

ރައީސްގެ އިންވެސްޓްމަންޓް އެޑްވައިޒަރު ޖަނާ ޔޫއޭއީ ފަންޑުގެ އިސްވެރިންނާއެކު ފޯރަމްގައި

ދުބާއީން: މުހައްމަދު އަފްރާހު 

ރާއްޖެއަކީ އިންވެސްޓްމަންޓުތަކުގެ ރިޓާން އެންމެ އަވަހަށް ލިބޭ ދުނިޔޭގެ ފަސް ގައުމުގެ ތެރޭ ހިމެނޭ އެއް ގައުމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒާ ޓް ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ވިދާޅު ވެއްޖެ އެވެ.

ދުބާއީގައި އިއްޔެ ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޖަނާހު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަކި، އިންވެސްޓްކުރާ އަދަދު އެންމެ އަވަހަށް އަނބުރާ ލިބޭ އެއް ގައުމު ކަމަށާ ރިޓާން އޮފް އިންވެސްޓްމަންޓް އެންމެ ހައި އެއް ގައުމު ކަމަށެވެ.

ޖަނާހް ވިދާޅުވީ ރާއްޖެއަށް އިންވެސްޓް ކުރުމަކީ ހަމައެކަނި އޮޕްޝަނެއް ނޫން ކަމަށެވެ. އެއީ ތަނަވަސްކަމާއި ކުރިއެރުމަށް އަޅާ ސްޓްރެޓެޖިކް ފިޔަވަޅެއް ކަމަށެވެ. 

އޭނާ އަދި ވިދާޅުވީ ރާއްޖެއަކީ ލަގްޒަރީ ޓޫރިޒަމް އޭގެ އެންމެ ފުން މާނާގައި ތަރައްގީކޮށް ހިދުމަތް ދެމުން ގެންދާ ވަރުގަދަ މަންޒިލެއް ކަމަށެވެ. އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖެއަކީ ނަން ހުރި ނިޝާނެއް ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ވެއްޓިގެން ދިޔަ 2020 ވަނަ އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމަށް 40 ޕަސެންޓުގެ ކުރިއެރުމެއް ލިބިގެން ދިޔަ ކަމަށް ޖަނާ އިޝާރާތް ކުރެއްވެވި އެވެ.

ރާއްޖެއަށް ގެންނަން ސަރުކާރުން މަސައްކަތް ކުރާ އާ އިންވެސްޓްމަންޓުގެ ފުރުސަތުތަކާ ބެހޭ ގޮތުން ވިދާޅުވީ ބޮޑެތި ޝިޕިން ރޫޓްތަކުގައި ސްޓްރެޓެޖިކް ލޮކޭޝަނާއި ހަލުއި ކަމާއެކު ކުރިއަރަމުން އަންނަ އިގްތިސޯދަކާއެކު ރާއްޖެއިން ރިއަލް އެސްޓޭޓާއި ހެލްތްކެއާ، އެޑިއުކޭޝަން، ފައިނޭންސް، އިންފްރާސްޓްރަކްޗާ، ޑިޖިޓަލް އިގްތިސޯދު ފަދަ އެތައް ދާއިރާއަކަށް އިންވެސްޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.