ރައީސާ އުރުދުޣާންގެ ބައްދަލްވުން، ފެނުނީ ދެ ރައީސުންގެ ވަރުގަދަ ގުޅުން

ދެ ރައީސުންގެ ބައްދަލްވުމުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދެ ބޭފުޅުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމެވެ. ފޮޓޯތަކުން ދެ ރައީސުންގެ މެެދުގައި އޮތް ގާތް ކަން ވަރަށް ރަނގަޅަށް ހާމަކޮށް ދެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލު ކުރައްވަނީ: ދެ ބޭފުޅުންގެ ބައްދަލްވުމުގެ ފޮޓޯތަކުން ފެނުނީ ދެ ރައީސުންގެ މެދުގައި ވަރުގަދަ ގުޅުން

ވާލްޑް ގަވާމަންޓްސް ސަމިޓް 2024 ގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޢާން މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ. ދެ ރައީސުން ބައްދަލު ކުރައްވާ މަންޒަރު ފެންނަ ފޮޓޯތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. އެ އޮފީހުން ބުނީ ދެ ރައީސުންގެ ބައްދަލްވުމުގައި ރާއްޖެ-ތުރުކީ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ދެ ރައީސުންގެ ބައްދަލްވުމުން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދެ ބޭފުޅުންގެ މެދުގައި އޮތް ވަރުގަދަ ގުޅުމެވެ. ފޮޓޯތަކުން ދެ ރައީސުންގެ މެެދުގައި އޮތް ގާތް ކަން ވަރަށް ރަނގަޅަށް ހާމަކޮށް ދެ އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވަޑައިގެންނެވީ ވެސް ތުރުކީ އަށެވެ. ރައީސްގެ ކެމްޕެއިނަށް އުރުދުޣާން އެހީތެރިވެ ދެއްވި ކަމުގެ އަޑުތައް އޮވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލު ކުރައްވަނީ: ދެ ބޭފުޅުންގެ ބައްދަލްވުމުގެ ފޮޓޯތަކުން ފެނުނީ ދެ ރައީސުންގެ މެދުގައި ވަރުގަދަ ގުޅުން

ތުރުކީއާ އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހި ކުރައްވަން ރައީސް ބޭނުންފުޅުވެވަޑައިގަންނަވަ އެވެ. އަސްކަރީ ބައެއް އުޅަނދުތަކާއި ކާޑުގެ ބާވަތްތަކާއި އެ ނޫން ވެސް މުހިންމު ކަންކަމުގައި ތުރުކީގެ އެހީތެރިކަން ދިނުމަށް އެ ގައުމުން ވަނީ އެއްބަސްވެސް ވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލު ކުރައްވަނީ: ދެ ބޭފުޅުންގެ ބައްދަލްވުމުގެ ފޮޓޯތަކުން ފެނުނީ ދެ ރައީސުންގެ މެދުގައި ވަރުގަދަ ގުޅުން

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާ އެއް ވެސް މިއަދު ރައީސް މުއިއްޒު ވަނީ އުފައްދަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލު ކުރައްވަނީ: ދެ ބޭފުޅުންގެ ބައްދަލްވުމުގެ ފޮޓޯތަކުން ފެނުނީ ދެ ރައީސުންގެ މެދުގައި ވަރުގަދަ ގުޅުން

ތުރުކީ ގައި ދިވެހިރާއްޖޭގެ އެމްބަސީ އެއް ގާއިމު ކުރެއްވީ، ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދު ގައި އޮންނަ ސިޔާސީ ގޮތުންނާއި އިގްތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރި އެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.