ސަޓާ އެވޯޑަށް ހުޅުވާލައިފި

މި އެވޯޑް ހަފްލާ ގައި ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ ކެޓަގަރީތަކުން އެވޯޑް ދެ އެވެ.

ސަޓާ އެވޯޑް ހަފްލާއެއް: މި އަހަރުގެ ސަޓާ އެވޯޑަށް ވަނީ ހުޅުވާލާފައި

ސައުތު އޭޝިއާގެ ޕްރިމިއާ ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ރިކޮގްނިޝަން، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އިން 2024 ވަނަ އަހަރުގެ އެޑިޝަނަށް ނޮމިނޭޝަންތައް ހުޅުވާލައިފި އެވެ. 

ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޭޕްރީލް 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ނިޔަލަށް އޮންލައިންކޮށް www.southasiantravelawards.com އިން ނޮމިނޭޝަން ހުށަހެޅޭނެ އެވެ. 2016 ވަނަ އަހަރު އުފެދުނު ސާޓާއަކީ މި ސަރަހައްދުގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އެކިއެކި ރޮނގުތަކުން ހުނަރާއި ފަންނުވެރިކަން ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރަމުންދާ ޓޫރިޒަމްގެ މުހިންމު ބައިވެރިއެކެވެ.

އަހަރަކު އެއްފަހަރު ބާއްވާ މި މި އެވޯޑު ގައި ތަފާތު ކެޓަގަރީތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޖަމިއްޔާތަކަށާއި ފަރުދުންނަށް ޝަރަފުވެރިކަން އަރުވަ އެވެ.

ސަޓާ އެވޯޑް ހަފްލާއެއް: މި އަހަރުގެ ސަޓާ އެވޯޑަށް ވަނީ ހުޅުވާލާފައި

ސަޓާ އަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއެވޯޑް ދޭނެ ފަރާތްތައް ހޮވަނީ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން ނެވެ.

މި އެވޯޑް ހަފްލާ ގައި ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ ކެޓަގަރީތަކުން އެވޯޑް ދެ އެވެ.

މިފަހަރުގެ އެވޯޑުގައި ކެޓަގަރީތަކަށް އައު ބަދަލުތައް ގެނެވި ފުރުސަތުތައް ވަނީ ފުޅާ ކޮށްފައެވެ. ސަޓާ 2024 އިން ތައާރަފުކުރި ކެޓަގަރީތަކުގެ ތެރެއިން ޕްރޮޕަޓީތަކާއި ބްރޭންޑްތަކުގެ ހުނަރު ދައްކާލުމުގެ އިތުރު ފުރުސަތުތައް ވަނީ ފަހިކޮށްދީފަ އެވެ. މިހާރު ދެމުންދާ އެވޯޑްތަކުގެ އިތުރުން ވިޒިޓާސް ޗޮއިސް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސް ވެސް މިހާރު ވަނީ ހިމަނާފައެވެ.

ސަޓާ އެވޯޑް ހަފްލާއެއް: މި އަހަރުގެ ސަޓާ އެވޯޑަށް ވަނީ ހުޅުވާލާފައި

ބައިނަލްއަގްވާމީ އަދި ސަރުކާރުގެ އިދާރާތަކުން ސާޓާ އެންޑޯސް ކުރުމަކީ ލިބޭ ވަރަށް ބޮޑުއުފަލެއް ކަން ފާހަގަކޮށް ސަޓާ އިން އެ އިދާރާތަކަށް ޝުކުރު އަދާކޮށްފައެވެ.

  •  އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓުއަރިޒަމް (އޭޕީޓީ)
  •  އެސޯސިއޭޝަން އޮފް ޓޫރިޒަމް ޓްރޭޑް އޯގަނައިޒޭޝަންސް، އިންޑިއާ (އޭޓީޓީއޯއައި)
  •  އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އޭޓީއޭ)
  •  ކޮލަމްބޯ ޗެމްބާ އޮފް ކޮމާސް (ސީސީސީ)
  •  ކޮންފެޑެރޭޝަން އޮފް އެކްރެޑިޓެޑް ޓުއާ އޮޕަރޭޓާސް (ސީއޭޓީއޯ)
  •  ފެޑެރޭޝަން އޮފް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އޮފް ސްރީލަންކާ (އެފްސީސީއައިއެސްއެލް)
  •  ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް ބޫޓާން (އެޗްއާރްއޭބީ)
  •  ކެރެލާ ހޮޓެލްގެ ޖެނެރަލް މެނޭޖަރ ކްލަބް (ކޭއެޗްޖީއެމްސީ)
  •  ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)
  •  މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)
  •  މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
  •  ނޭޕާލް ޓޫރިޒަމް ބޯޑު (އެންޓީބީ)
  •  ސްރީލަންކާ އެސޯސިއޭޝަން އޮފް އިންބައުންޑް ޓުއާ އޮޕަރޭޓާސް (ސްލައިޓޯ)
  •  ހޮޓެލްސް އެސޯސިއޭޝަން އޮފް ސްރީލަންކާ (ޓީއޭއެސްއެލް)
  •  ހޮޓެލް އެސޯސިއޭޝަން ނޭޕާލް (ހާން)
  •  ބަންގްލަދޭޝް އިންޓަނޭޝަނަލް ހޮޓެލް އެސޯސިއޭޝަން (ބީއައިއެޗްއޭ)
  •  ޓްރެވަލް އެޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާ (ޓީއޭއޭއައި)

ސާޓާ އަކީ ނެޓްވޯކިން އެންޑް ޓްރެންޑްސް އަށް ހާއްސަ ޕްލެޓްފޯމެކެވެ. މިއީ ހަމައެކަނި އެވޯޑް ހަފްލާއަކަށް ވުރެ ބޮޑަށް ސަޓާ ވެފައި ވަނީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފަހުގެ ޓްރެންޑްތަކާއި ކުރިއެރުންތައް ދައްކުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.