ޖޭއެސްސީގައި އިންނަވާ ސުޕްރީމް ކޯޓު ފަނޑިޔާރަކަށް ސުއޫދު

ކުރީން އެ ކޯޓު ތަމްސީލުކުރަން ޖޭއެސްސީގައި އިންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. އެ މަގާމަށް ފަނޑިޔާރު ޝުޖޫން އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު: ޖޭއެސްސީ މެމްބަރަކަށް ވަނީ ހަމަޖައްސާފައި --

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓުން އިންނަވާ ފަނޑިޔާރުގެ މަގާމަށް ފަނޑިޔާރު ހުސްނުއް ސުއޫދު ހަމަޖައްސައިފި އެވެ.

ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި ހައި ކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރެއް ވެސް އިންނަން ޖެހެ އެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ފަނޑިޔާރު ސުއޫދު ހަމަޖައްސާފައިވާކަން ހާމަކޮށް އެ ކޯޓުން މިއަދު ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.

ކުރީން އެ ކޯޓު ތަމްސީލުކުރަން ޖޭއެސްސީގައި އިންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. އެ މަގާމަށް ފަނޑިޔާރު ޝުޖޫން އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. ދައުރު ހަމަވާނީ މިއަހަރުގެ ފަހުކޮޅަށެވެ. ފަނޑިޔާރު ޝުޖޫން ބަދަލުކުރީ ކީއްވެ ކަމެއް ސާފެއް ނޫންނެވެ.

އެގޮތަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. އެ މަޖިލީހުން ވަނީ ޖޭއެސްސީގެ ފަނޑިޔާރުންގެ އިސްތިއުނާފީ މަޖިލީހުގައި ހުންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ވެސް ބަދަލުކޮށްފަ އެވެ. ސުޕްރީމް ކޯޓުން އެ މަޖިލީހަށް ހަމަޖައްސާފައިވާ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ބަދަލުގައި މިހާރު ވަނީ ފަނޑިޔާރު މުހައްމަދު އިބްރާހިމް ހަމަޖައްސާފަ އެވެ.

ޖޭއެސްސީގައި ދެން ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ބަންޑާރަ ނައިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރެކެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.