ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުން: މިހާތަނަށް ފަސް މީހަކު ނަގައިފި

ފުލުހުން ބުނީ ދަނޑުގައި ހިނގާދިޔަ ކަންކަން ބަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިނގަނީ: އެ މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައި -- މިހާރުގެ ފޮޓޯއެއް

މި މަހުގެ ހަތްވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިންގީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތު ގައި ވިކްޓްރީ އާއި ކުޑަ ހެންވޭރު ބައްދަލު ކުރި މެޗު ކުރިއަށް ދަނިކޮށެވެ. މެޗުގެ ފަހު ހާފުގައި -- 82 މިނެޓްގެ ކުޅުން ފުރިހަމަވެފައި ވަނިކޮށް ސަޕޯޓަރުންތަކެއް ދަނޑަށް އަރާ ހަމަނުޖެހުން ހިންގަން ފެށީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އެ މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ކުޑަ ހެންވޭރުގެ ސަޕޯޓަރުން ގެންދިޔައީ ތަކުރާރުކޮށް ނުރުހުން ފާޅު ކުރަމުންނެވެ. އަދި މެޗު ނިމެން އަށެއްކަ މިނެޓަށް ވެފައި ވަނިކޮށް ވިކްޓްރީގެ ބިދޭސީ ކުޅުންތެރިޔާ އެނަޓޮލީ، ކުޑަހެންވޭރުގެ މުހައްމަދު ހާޒިމުގެ ގައިގައި ގަސްތު ގައި ފައިން ޖެހުމުން ދިނުމުން ސަޕޯޓަރުން ވަނީ ދަނޑަށް އަރާ އޭނާއަށް ހަމަލާ ދީފައެވެ. އެނަޓޮލީ، ހާޒިމްގެ ގައިގައި ފައިން ޖެހީ އޭނާއަށް ފައުލު ކުރުމާއި ގުޅިގެންނެވެ.

ސަޕޯޓަރުންތަކެއް އެނަޓޮލީ އަށް ދެ ތީން ފަހަރެއްގެ މަތީން ހަމަލާދޭ ތަން އާންމުވެފައިވާ ވީޑިއޯތަކުން ފެނެ އެވެ. އެ މީހުންގެ އަތު ނުވާން ބިދޭސީ ކުޅުންތެރިޔާ ދުވާތަން ފެނެ އެވެ. ހަމަނުޖެހުމުގައި ވިކްޓްރީގެ ކޯޗް ސޮބާހް މުހައްމަަދަށް ހަމަލާދީ މޫނު މަތި ވަނީ ފަޅާލާފައެވެ. މީހަކު ވަނީ ސޮބާގެ މޫނު މަތީ ގައި ގޮންމުށުުން އެތިފަހަރެއް ޖަހާފައެވެ.

މީގެ އިތުރުން ދަނޑުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ފުލުހުންނަށް ވެެސް ހަމަލާ ދީފައިވެ އެވެ. ފުލުހުންނަށް ހަމަލާ އަމާޒުވީ ސަޕޯޓަރުން ހުއްޓުވަން އުޅުމުންނެވެ.

ފުލުހުން ބުނީ ދަނޑުގައި ހިނގާދިޔަ ކަންކަން ބަލާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ވެސް ޖަހާފައެވެ.

މިއީ މި ފަހުން މެޗެއްގައި މިގޮތަށް ހަމަނުޖެހުން އުފައްދާ ކުޅުންތެރީންނާއި ކޯޗުންނާއި ސެކިއުރިޓީންނަށް ހަމަލާ ދިން ފުރަތަމަ ފަހަރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.