ސްކޭމްގެ ބޮޑު ދުވަހެއް: އޯޓީޕީ ހޯދައިގެން މިއަދުގެ މިހާތަނަށް 500،000 ރުފިޔާ ފޭރިގެންފި

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތް: ސްކޭމްގެ މައްސަލަތައް ވަނީ ވަރަށް ބޮޑުވެފައި -- މިންނު އާދަމް ހަލީމް | މި

ސްކޭމް -- އޮޅުވާލުމާއި މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ގިނަ މައްސަލަތައް ގިނަވެފައި ވަނިކޮށް މިއަދުގެ މިހާތަނަށް 500،000 ވުރެ ގިނަ ރުފިޔާއާ ގުޅޭ މައްސަލަތައް ހުށައަޅާފައިވާ ފުލުހުންގެ އިދާރާ އިން ބުނެފި އެވެ.

ފުލުހުން ދެންމެ ބުނީ ފުލެޓް ލިބިފައިވާކަމަށް ބުނެ އޯޓީޕީ ހޯދައިގެން މިއަދުވެސް 500،000 ރުފިޔާ މަކަރާއި ހީލަތުން ބަޔަކު ވަނީ ހޯދާފައި ކަމަށެވެ. އެ މައްސަލަތައް ބަލަމުންދާ ކަމަށް ވެސް ބުންޏެވެ،

"ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވެ ލައްވާ! މިފަދަ ހީލަތްތެރިންގެ ޝިކާރައަކަށް ވެ ނުލައްވާ! ‏ފުލެޓް ކަށަވަރު ކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީއެއް ނުފުނުވާނެ،" އާންމުން ހޭލުންތެރިވުމަށް އިރުޝާދީ ފުލުހުން ކުރި ޕޯސްޓެއް ގައި ބުނެފައިވެ އެވެ.

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އޮޅުވާލައިގެން ވިލިގިލީ މީހަކު އަތުން ދެލައްކަ ރުފިޔާ ހޯދި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފުލުހަށް ހުށައަޅާފައެވެ.

ފްލެޓް ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން މީހުންގެ އަތުން ބޮޑެތި އަދަދުން ފަައިސާ ނެގުމުގެ މައްސަލަތަައް ވަރަށް ގިނަ އެވެ.

ސްކޭމް ކޯލުތަކާއި، އެކި ގޮތްގޮތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދާ މައްސަލަތައް ބޮޑު ތަނުން އިތުުރުވެފައިވާތީ އެފަދަ ކަންކަމަށް ހޭލުންތެރި ކުރުވުމަށް ފުލުހުންނާއި ކަމާގުޅޭ އިދާރާތަކާއި ކުންފުނިތަކާއި ވަރަށް ގިނަ މުއައްސަސާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މި ފަހުން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒު ވިދާޅުވި ގޮތުގައި 2000 ވަނަ އަހަރުން ފެށިގެން މިފަދަ މައްސަލަތައް ރެކޯޑް ކުރަން ފެށި ފަހުން މިހާތަނަށް 28،003 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 57 މިލިއަނަށް ވުރެ ގިނަ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.