އަޖުމަ ބަލަން 11 ސްކޫލެއްގައި "ގައުމިއްޔަތު" ކިޔަވައިދޭން ފަށައިފި

"11 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީން ހިޔާރު ކުރައްވައިގެން ޕައިލޮޓް ކުރުމުގެ މަސައްކަތްތަކެއް އެބަ ހިނގާ. ހުރިހާ ކަމެއް ނިމުނީމާ ދެން ފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ރޯލްއައުޓް ކުރެވިގެންދާނެ," ރައީސް ވިދާޅުވި އެވެ.

ސްކޫލް ދަރިވަރުން އެސެންބްލީއެއް: 11 ސްކޫލެއްގައި އަޖުމަ ބަލަން "ގައުމިއްޔަތު" މާއްދާ ކިޔަވައިދޭން ވަނީ ފަށާފައި --

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކިޔަވައި ދޭން ނިންމާފައިވާ "ގައުމިއްޔަތު" މާއްދާ، އަޖުމަ ބެލުމުގެ ގޮތުން 11 ސްކޫލެއްގައި ކިޔަވައިދޭން ފަށައިފި އެވެ. 

"ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މިކަމާ ގުޅިގެން ސުވާލެއް ކުރެއްވީ މާވަށު ސްކޫލުގެ ޕްރިންސިޕަލް ޒުލައިހާ ރަފީއު އެވެ. އޭނާ ރައީސްގެ އަރިހުން އެއްސެވީ "ގައުމިއްޔަތު" މާއްދާ ލ. އަތޮޅުގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ ކޮންއިރަކުންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ހިޔާރުކޮށްފައިވާ 11 ސްކޫލެއްގައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި ސްކޫލްތަކުގައި އަޖުމަ ބަލަން އެ މާއްދާ ކިޔައިވައިދޭއިރު، އަންނަ ދިރާސީ އަހަރު އެ މާއްދާ އެހެން ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނެ ކަމަށެވެ.

"11 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީން ހިޔާރު ކުރައްވައިގެން ޕައިލޮޓް ކުރުމުގެ މަސައްކަތްތަކެއް އެބަ ހިނގާ. ހުރިހާ ކަމެއް ނިމުނީމާ ދެން ފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ރޯލްއައުޓް ކުރެވިގެންދާނެ," ރައީސް ވިދާޅުވި އެވެ.

އެއީ ކޮން ސްކޫލްތަކެއްކަން ހާމަކޮށްފައި ނުވި ނަމަވެސް، އެ މާއްދާ އަޖުމަ ބަލަން އެންމެ ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް ހަތަރަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ހާމަކޮށްފައިވެ އެވެ. އަދި ދިރާސީ އާ އަހަރު ފަށާއިރު އެ މާއްދާ ތައާރަފް ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.