އައްޑޫ މޭޔަރުގެ ނުރުހުން ކުރީ ސަރުކާރަށް، ތައުރީފު އާ ސަރުކާރަށް

ނިޒާރު ވިދާޅުވީ އޭނާ ނިސްބަތްވާ އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި އެ ސްޓޭޑިއަމް މަރާމާތު ކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އަޅާނުލި ކަމަށެވެ. އެތަން ވީރާނާވާން ދޫކޮށްލާފައި އޮތުން ހިތާމައާއެކު ފާހަގަކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު: އިއްޔެ ވަނީ ވަރަށް ބޮޑަށް ކުރީ ސަރުކާރަށް ނުރުހުމުގެ ބަސްތައް އަމާޒުކުރައްވާފައި --

އައްޑޫ ސިޓީގައި ހުންނަ ޒޯން ސްޓޭޑިއަމް މަރާމާތު ނުކޮށްދިން މައްސަލައިގައި އެ ސިޓީގެ މޭޔަރު އަލީ ނިޒާރު، ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެ ސްޓޭޑިއަމްގައި މިހާރު ކުރިއަށް ގެންދާ އިންޓަ ސްކޫލް އެތްލެޓިކްސް މީޓް ރައްމީކޮށް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އެތަން މަރާމާތު ނުކޮށް އޮންނަތާ މިހާރު 10 އަހަރު ވެފައިވާ ކަމަށެވެ. މިހާތަނަށް އެތަނުގައި ދަވާދުކޮޅެއް ވެސް ލާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވީ އޭނާ ނިސްބަތްވާ އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި އެ ސްޓޭޑިއަމް މަރާމާތު ކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް އަޅާނުލި ކަމަށެވެ. އެތަން ވީރާނާވާން ދޫކޮށްލާފައި އޮތުން ހިތާމައާއެކު ފާހަގަކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިދިޔަ ސަރުކާރުގަ އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން، މި ސްޓޭޑިއަމް އަކީ އައްޑޫއަށް ލިބިފައިވާ އަގު ބޮޑު މުދަލަކަށްވާއިރު، މިތަން ވީރާނާވުމަށް ދޫނުކޮށް މިތަން މަރާމާތު ކުރުމަށް. އެހެން ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރު ނިމިގެން ދިޔަކަން އަޅުގަނޑު ހިތާމައާއެކު ފާހަގަކުރަން،" ނިޒާރު ވިދާޅުވި އެވެ.

އިންޓަ ސްކޫލް އެތްލެޓިކްސް މީޓް އެ ސްޓޭޑިއަމްގައި ބާއްވަން ތައްޔާރުވިއިރު މި ސަރުކާރުން ވަރަށް އަވަސް މަސައްކަތެއްގެ ގޮތުގައި އެތަން މަރާމާރުކޮށްފައިވާކަން ފާހަގަކުރައްވައި ނިޒާރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރަފީއުއަށް ހާއްސަ ޝުކުރެއް ވެސް ދަންނަވާފަ އެވެ.

ނިޒާރު ވިދާޅުވީ އެ ސްޓޭޑިއަމްގެ ވިނަގަނޑު ވަށައިގެން ދުވުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގައި ސިންތެޓިކް ޓްރެކެއް އަޅައި ދިނުމަށް ކުރީގެ ދެ ސަރުކާރުގައި ވެސް އައްޑޫގެ ކައުންސިލުން އެދިފައިވާ ކަމަށެވެ. އެކަން ކޮށްދިނުމަށް އޭނާ ވަނީ މި ސަރުކާރުގައި ވެސް އެދިވަޑައިގެންފަ އެވެ.

ނިޒާރު، ކުރީ ސަރުކާރަށް ނުރުހުމުގެ ބަސްތައް އަމާޒުކޮށްފައިވާއިރު، އޭނާ އަކީ އެ ސަރުކާރާ ވަރަށް ގާތުން މަސައްކަތް ކުރި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެކެވެ. ރައީސް އިންރާހިމް މުހައްމަދު ސޯލިހަށް ކެމްޕޭނު ކޮށްދިނުމަށް ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.