ބޯހިޔާވަހިކަމުގެ ބިލާއެކު މި ދައުރަށް 24 ބިލެއް

މި ދައުރަށް ސަރުކާރުގެ ފަރާތުން ޖުމްލަ 24 ބިލެއް ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި އަލަށް ގާނޫނެއްގެ ގޮތުގައި ވުޖޫދުކުރާ ގިނަ ބިލުތަކެއް ހިމެނެ އެވެ.

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: މި ދައުރަށް އާ ސަރުކާރުގެ ފަރާތުން 24 ބިލު ހުށަހަޅަން ވަނީ ނިންމާފައި --

އާ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުމަށް ނިންމާފައިވާ ބިލުތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހެޅުމަށް ނިންމާފައިވާ ބިލުތަކުގެ ލިސްޓް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މަޖިލީހަށް ފޮނުވާފައިވާ ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވި އެވެ. 

މި ދައުރަށް ސަރުކާރުގެ ފަރާތުން ޖުމްލަ 24 ބިލެއް ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި އަލަށް ގާނޫނެއްގެ ގޮތުގައި ވުޖޫދުކުރާ ގިނަ ބިލުތަކެއް ހިމެނެ އެވެ.

މި ދައުރަށް އާ ސަރުކާރުން ފޮނުވި ބިލުތައް

  • 1.ބިމުގެ ބިލް
  • 2.ބޯހިޔާވަހިކަމުގެ ބިލް
  • 3.ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލް
  • 4.އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމެންޓްގެ ބިލް
  • 5.ނަފްސާނީ ސިއްހަތުގެ ބިލް
  • 6.ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 7.ކޮޕީރައިޓާއި އެޔާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 8.ދަތުރު ރާވާ ހިދުމަތް ދިނުމަތް ދިނުމާ ބެހޭ ބިލް
  • 9.ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް
  • 10.ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 11.ފޮރިން އިންވެސްޓްމެންޓްގެ ބިލް
  • 12.ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 13.ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީސްއަށް އިސްލާހު ގެނައުމުގެ ބިލް
  • 14.ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް
  • 15.ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް
  • 16.ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 17.އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 18.ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 19.ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
  • 20.ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 21.ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 22.މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • 23.މީޑިއާ ކޮމިޝަންގެ ބިލް
  • 24.ބްރޮޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

މީގެ ތެރެއިން ބޯހިޔާވަހިކަމުގެ ބިލާއި ބިމުގެ ބިލަކީ މުހިންމު ބިލުތަކެކެވެ. ރާއްޖޭގައި އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައަށްވާއިރު، މިކަމަށް ވަކި ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.