އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިފި

ސިވިލް ކޯޓުން މިއަދު ވަނީ މައްސަލަ ނިންމާ ހުކުމްކޮށްފައެވެ. ހުކުމް ގައި ބުނީ އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެމްއާރްއެމްގެ އިސް ބޭފުޅުން: ރައީސް ތާއީދު ނުކުރަން ވަނީ ނިންމާފައި | މި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާއި ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އެމްއާރްއެމްގައި، ސިޔާސީ ޕާޓީއެއް ވުޖޫގައި އޮތުމަށް ގާނޫނު ލާޒިމު ކުރާ 3،000 މެންބަރުން ނެތް ކަމަށް ކަނޑައަޅާ އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެ ޕާޓީން ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ގާނޫނާއި ހިލާފެވެ. އެހެން ކަމުން އެ މައްސަލަ މުރާޖައާ ކޮށްދޭން އެދުނެވެ. ނަމަވެސް ކޮމިޝަނުން ވަނީ ނިންމުމާމެދު ހިތްހަމަނުޖެހޭ ނަމަ ޝަރުއީ މަރުހަލާ އަށް ދިއުމަށް އެދިފައެވެ.

އެހެން ކަމުން އެމްއާރްއެމް އިން ވަނީ އެ ޕާޓީ އުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެ ދިނުމަށާއި ކޮމިޝަންގެ ނިންމުން ގާނޫނާއި ހިލާފު ކަމަށް ކަނޑައަޅައިދޭން އެދި މައްސަލަ ހުށައަޅާފައެވެ.

އެއާއެކު އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލަން އަންގާ ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. އެއީ މެއި 28، 2023 ގައެވެ.

އަދި ސިވިލް ކޯޓުން މިއަދު ވަނީ އެ މައްސަލަ ނިންމާ ހުކުމްކޮށްފައެވެ. ހުކުމް ގައި ބުނީ އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ.

އެމްއާރްއެމް އުފެއްދުން - އާ ސިޔާސީ ޕާޓީއެއް ހައްދަވާކަން މައުމޫން އިއުލާނު ކުރެއްވީ ޖަނަވަރީ 31، 2019 ގައެވެ. އަދި ފެބްރުއަރީ 10، 2019 ގައި އެމްއާރްއެމް އުފައްދަން ހުށައެޅި އެވެ. އެ ހުއްދަ ކޮމިޝަނުން ދިނީ އޭގެ ނުވަ ދުވަސް ފަހުން ފެބްރުއަރީ 19، 2019 ގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.