މަޖިިލީސް އިންތިހާބު ގައި އަދާލަތުގެ ހަތަރު ކެންޑިޑޭޓުން، ފޯމް ލައިފި

އަދާލަތުގެ ތާރީހު ގައި މިހާތަނަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ އެންމެ ގޮނޑި އެކެވެ. އެއީ މަކުނުދޫ ދާއިރާގެ ގޮނޑި އެވެ. 2014 ވަނަ އަހަރު އޮތް 18 ވަނަ މަޖިލީހު ގައި އެ ގޮނޑި ކާމިޔާބު ކުރެއްވީ ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމެވެ.

މަޖިލީސް ވިހީގައި ވާދަ ކުރައްވާ އަދާލަތުގެ ހަތަރު ކެންޑިޑޭޓުން

ކުުރިއަށް އޮތް ވިހިވަނަ މަޖިލީހު ގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަ ކުރާނީ ހަތަރު ކެންޑިޑޭޓުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތުގެ ޓިކެޓަށް ހުޅުވާލީ ވެސް ހަތަރު ދާއިރާ އަކަށެވެ. އަދި ޕްރައިމަރީ އެއް ނެތި ހަތަރު ދާއިރާއަކަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅި އެވެ. އަދާލަތުން ހުޅުވާލީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާ އާއި ފެލިދޫ ދާއިރާ އަށް ޝައުގުވެރިވާ މެންބަރުން އެކަމަށް ކުރިމަތި ލުމަށެވެ.

ނަމަވެސް ފެލިދޫ ދާއިރާއަށް ކެންޑިޑޭޓަކު ނުނެރެ އެވެ. އޭގެ ބަދަލު ގައި ހުޅުވާލި ތިން ދާއިރާގެ އިތުރުން ފުނަދޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ނިންމި އެވެ. އަދި މިއަދު އެ ކެންޑިޑޭޓުން ވަނީ ފޯމް ހުށައަޅާފައެވެ. އެއީ؛

  •  ވައިކަރަދޫ ދާއިރާ - ހުސައިން ސަގީފް
  •  މަކުނުދޫ ދާއިރާ - އިމްރާން އަބްދުﷲ
  •  އިނގުރައިދޫ ދާއިރާ - އިސްމާއީލް އަލީ
  •  ފުނަދޫ ދާއިރާ - އިސްމާއީލް ހަމީދު

އަދާލަތުގެ ތާރީހުގައި މިހާތަނަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ އެންމެ ގޮނޑި އެކެވެ. އެއީ މަކުނުދޫ ދާއިރާގެ ގޮނޑި އެވެ.

2014 ވަނަ އަހަރު އޮތް 18 ވަނަ މަޖިލީހު ގައި އެ ގޮނޑި ކާމިޔާބު ކުރެއްވީ ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމެވެ. މަޖިލީސް އިންތިހާބު ގައި އަދާލަތު ގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރީން ވެސް ކުރީން ވާދަ ކުރައްވާފައިވެ އެވެ. ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. އޭގެ ތެރޭގައި އައްޝައިހް އިލްޔާސް ހުސައިން އާއި ޑރ. މުހައްމަދު އިޔާޒް ފަދަ ބޭފުޅުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.