ކުރީގެ މިނިސްޓަރު އަމީން މަޖިލީހުގެ އިންތިހާބު ގައި ވާދަ ކުރައްވަނީ

އަމީން މިރޭ ވިދާޅުވި ގޮތުގައި މަޖިލީސް ވިހީ ގައި ރ. އުނގޫފާރު ދާއިރާއަށް ވާދަ ކުރައްވަން ވަނީ ނިންމަވާފައެވެ. އަމީން ނިކުންނަވަނީ އޭނާ މިހާރު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮޮތުގައެވެ.

ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން: ގާސިމްގެ އެޑްވައިޒަރަކަށް ވެސް ހުންނެވި އަމީން މަޖިލީހަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ އަމީން، ވިހިވަނަ މަޖިލީސް އިންތިހާބު ގައި ވާދަ ކުރައްވަން ނިންމަވައިފި އެވެ.

އަމީން މިރޭ ވިދާޅުވި ގޮތުގައި މަޖިލީސް ވިހީ ގައި ރ. އުނގޫފާރު ދާއިރާއަށް ވާދަ ކުރައްވަން ވަނީ ނިންމަވާފައެވެ. އަމީން ނިކުންނަވަނީ އޭނާ މިހާރު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮޮތުގައެވެ.

"މާތްﷲގެ ރަހްމަތްފުޅާއިއެކު އިންތިހާބު ކާމިޔާބުކޮށް ދާއިރާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތަށް އަތުކުރި އޮޅަމުން، ދާއިރާ ރައްޔިތުންގެ ތާއީދަށް އެދެމެވެ،" އަމީން ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވި އެވެ.

އަމީން ހުންނެވީ ގާސިމްގެ އެޑްވައިޒަރަކަށެވެ. އޭނާ އަކީ ރައީސް ސޯލިހްގެ ސަރުކާރު ގައި ހެލްތް މިނިސްޓަރެވެ. އަމީން މިނިސްޓަރު ކަން ކުރެއްވީ ކޮވިޑް-19 ގެ ބަލިމަޑުގެ އެންމެ އުނދަގޫ ދަނޑިވަޅު ގައެވެ. ރަައީސް ޔާމީންގެ ސަރުކާރު ގެނައުމަށް ވަރުގަދަ ކެމްޕެއިން ހިންގެވި އަމީން ވަނީ ޔާމީންގެ ސަރުކާރު ގައި ރައީސް އޮފީހުގެ މިނިސްޓަރު ކަން ކުރައްވާފައެވެ.

ވަރަށް ޒުވާން އުމުރުގައި ސިޔާސީ ކަންކަމަށް ނިކުންނަވާ ބޮޑެތި ކާމިޔާބީތަކެއް ހޯއްދެވި އަމީން ވަނީ ކުރީގެ ބަންޑާރަ ނާއިބު ޑރ. ހަސަން ސައީދު އުފެއްދެވި ދިވެހި ގައުމީ ޕާޓީ ގައި ވެސް ނާއިބު ލީޑަރު ކަން ކުރައްވާފައެވެ.

އަމީންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓް ގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ނާއިބު ލީޑަރު ޑރ. އަމީން އިބްރާހިމާއި ކުރީގެ މިނިސްޓަރު / ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވެސް މަޖިލީހަށް ވާދަ ކުރައްވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.