މާޔަންއަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

މައްސަލައިގެ އަޕްޑޭޓެއް ދެމުން ފުލުހުން މިއަދު ބުނީ މި މައްސަލައިގައި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެެރިޔާ މާޔަން މުހައްމަދު

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެެރިޔާ މާޔަން މުހައްމަދަށް ހަމަލާދީ އޭނާގެ ކަރުގައި އޮތް ރަން ފަށް ފޭރިގަތް މައްސަލައިގައި ދެ މީހުން ހައްޔަރު ކޮށްފި އެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމު ވެސް އަދާ ކޮށްފައިވާ މާޔަންއަށް ހަމަލާ ދީފައި ވަނީ އިއްޔެ ހެނދުނު 6:15 ހާއިރު ހުޅުމާލޭގައި ދުވެފައި އަންނަނިކޮށް ސައިކަލެއް ގައި އައި ދެ މީހަކެވެ. އެ މީހުން އައިސް އޭނާ ހިފަހައްޓާ ބިން މައްޗަށް ވައްޓާލުމަށްފަހު ކަރުގައި އޮތް ފަށް ވަނީ ފޭރިގެންފަ އެވެ. 

އެ ހާދިސާ އޭނާ ހިއްސާ ކުރީ އަމިއްލަ ފޭސްބުކް އެކައުންޓުންނެވެ. މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް ވެސް ބުންޏެވެ. ފުލުހުން ވަނީ މައްސަލަ ބަލަމުންދާ ކަމަށް ވެސް ބުނެފަ އެވެ.

މައްސަލައިގެ އަޕްޑޭޓެއް ދެމުން ފުލުހުން މިއަދު ބުނީ މި މައްސަލައިގައި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މާޔަން ވަނީ ރަން ފަށުގެ ފޮޓޯއެއް އާންމުކޮށް، ފަށް ވިއްކަން ބަޔަކު އުޅޭނަމަ ނުވަތަ އެ ފަށް ފެނިއްޖެނަމަ އަންގަައި ދިނުމަށް އެދިފަ އެވެ. ނަމަވެސް ފަށުގެ އަޕްޑޭޓެއް ފުލުހުން ނުދެ އެވެ.

އިއްޔެގެ ހާދިސާގެ މައުލޫމާތު މާޔަން ހިއްސާ ކުރުމުން ވަރަށް ގިނަ ބަޔަކު ދަނީ ކުށްވެެރީންގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަން ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މަސްތުގެ ވަބާގައި ޖެހި މަގުމައްޗަށް ގިނަވެފައިވާ މީހުންގެ ފަރާތުން ފޭރުގެ އަމަލު ހިންގާ މިންވަރު ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.