އަބްދުއްރަހީމްގެ ކެންޑިޑެސީ ފޯމް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ފޯމް ހުށަހަޅުއްވަނީ

މަޖިލިސް20 ގައި ކޮންގްރެސް ޕާޓީން ފޮނަދޫ ދާއިރާއަށް ވާދަ ކުރެއްވުމަށް އެ ދާއިރާގެ ކުރީގެ އަބްދުއްރަހީމް އަބްދުﷲ މިއަދު ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި އެވެ. 

ސްޕެޝަލް އެޑްވައިޒާ ޓް ދަ ޕްރެޒިޑެންޓް / ސީނީއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ، އެ މަނިކުފާނުގެ ފޯމް މިއަދު ހުށަހުއްވާފައި ވަނީ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކުގައި އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެނެވެ. އެ މަނިކުފާނުގެ އިންތިހާބީ އެޖެންޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އިރު ވެސް ހުންނެވި އެޖެންޓް އިބްރާހިމް ނާއިފް އެވެ.

އަބްދުއްރަހީމް މިއަދު ކެންޑިޑެސީ ހުށަހެޅުއްވެވި ނަމަވެސް ރަސްމީކޮށް އަދި މަޖިލިސް20 ގެ ކެމްޕޭން ލޯންޗް ކުރައްވާފައެއް ނުވެއެވެ. އެނގިފައިވާ ގޮތުން ވަރަށް އަވަހާ އަބްދުއްރަހީމް ކެމްޕޭން ހަރަކާތް ރަސްމީކޮށް ލޯންޗުކޮށް ކެމްޕޭން ލަވަ އާންމު ކުރައްވަވާނެ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހު 17 ގައެވެ. އެއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ. ނަމަވެސް އެ ތާރީހު ރޯދައިގެ ފަހަށް ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

މީގެ ކުރީން 17 ވަނަ ރައްޔިތުން މަޖިލީހާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އަބްދުއްރަހީމަކީ ފޮނަދޫ ދާއިރާ ތަމްސީލު ކުރެއްވެވި ތަޖުރިބާކަރު ޕާލަމަންޓެރިއަނެކެވެ. 

ކޮންގްރެސް ޕާޓީ އަބްދުއްރަހީމް ވާދަ ކުރައްވާއިރު އެ ދާއިރާއެހެން ބައެއް ޕާޓީތަކުން ވެސް ކެންޑިޑޭޓުންނެރެ އެވެ. ނަމަވެސް ފޮނަދޫ ދާއިރާއަކީ ކޮންގްރެސް ޕާޓީއަށް އެންމެ ޔަގީންކަން ބޮޑު ގޮނޑިއެވެ. އެ މަނިކުފާނަކީ ކޮންގްރެސްްގެ ޗެއާ ޕާސެނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.