ޝަހީރު، ފެނަކައިގެ ޗެއާމަނަކަށް ހަމަޖައްސަވައިފި

ޝަހީރު ވަނީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި -- އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.

އަހްމަދު ޝަހީރު: ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް ވަނީ ހަމަޖައްސަވާފަަައި

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އަހްމަދު ޝަހީރު ހަމަޖައްސަވައިިފި އެވެ.

ޝަހީރު އެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ މި މަހުުގެ އަށް ވަނަ ދުވަހު އެވެ. ޕްރަައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ގެ ރައީސް ހަމްދީ އަގީލް ސޮއިކު ރައްވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އަދި ބޯޑް މެންބަރު ކަމަށް މ. ލާލުބާއު، އަހްމަދު ޝަހީރު އައްޔަން ކޮށްފައިވާ ކަމަށެވެ.

ޝަހީރު ވަނީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި - އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ރައީސް މުއިއްޒު، އަދި ޝަހީރު: ޝަހީރު ވަނީ ފެނަކައިގެ ޗެއާމަންގެ މަގާމަށް ހަމަޖައްސަވާފައި -- ފައިލް ފޮޓޯ

ޝަހީރު އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ ވެރިކަން ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ނޮވެންބަރު 15، 2018 ގައެވެ.

ޝަހީރަކީ އެސްޓީއޯގައި 29 އަހަރު ހިދުމަތް ކުރެއްވި އެ ކުންފުނީގެ އެންމެ ހިދުމަތްތެެރި މުވައްޒިފުންގެ ތެރޭގަައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ކުންފުނީގެ އެންމެ އިސް ހުރިހާ މަގާމުތަކެއްހެން ފުރުއްވި އެވެ.

ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝަހީރު ފަދަ ތަޖުރިބާކާރު ބޭފުޅަކު އައްޔަނު ކުރެއްވިއިރު ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ހާލުގައި އޮތް ކުންފުންޏަކީ ފެނަކަ އެވެ.

ކުރީގެ ރައީސް ސޯލިހްގެ ސަރުކާރު ގައި ސިޔާސީ ބޭނުމަށް އެތައް ސަތޭކަ ބަޔަކަށް ވަޒީފާ ދީ ކުންފުންޏަށް ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޮޑުކޮށް ހިންގުމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ދަރަނި ވެރިވެފައެވެ. ކުދި / މެދު ފަންތީގެ ކުންފުނިތައް ލައްވާ ކުރުވި އެތައް މަސައްކަތަކަށް ފައިސާ ދައްކާފައެއް ނުވެ އެވެ. މި ސަރުކާރުން ދަނީ ފެނަކަ ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.