މަސައްކަތަށް ހަލުއި ކަމެއް، ތިލަމާލެ ބްރިޖްގެ 33 ޕަސެންޓް ނިމިއްޖެ

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މާލެ-ވިލިމާލެ ގުޅާލުމުގެ މަސައްކަތުގެ 33 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގަނީ: މިހާތަނަށް 33 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި

ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ސްޕީޑް އަވަސް ކުރެވި މިހާތަނަށް 33 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި އިންޖީނިއަރުންގެ މައްޗަށް އެކުލަވޭ ޓީމަކުން މިއަދު ވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލާލުމަށް ސައިޓަށް ޒިޔާރަތް ކޮށްފައެވެ. އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ފެންނަ ފޮޓޯތައް އެ މިނިސްޓްރީން ވަނީ އާންމު ކޮށްފައެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ މާލެ-ވިލިމާލެ ގުޅާލުމުގެ މަސައްކަތުގެ 33 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޕައިލިން މަސައްކަތުގެ 54 ޕަސެންޓް ނިންމާލެވިފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ބްރިޖްގެ މަސައްކަތް މިހާރު ހުރީ ކުރީން އަންދާޒާ ކުރި ސްޕީޑަށް ވުރެ އަވަސް މިނެއް ގައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގަނީ: މިހާތަނަށް 33 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި

ތިލަމާލެ ބުރިޖްގެ މައުލޫމާތު ކުރުކޮށް

  •  ތިލަމާލެ ބްރިޖް އަޅަން އެފްކޮންސްއަށް ދިނީ އޮގަސްޓް 26، 2021 ގައި
  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  •  މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން
ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގަނީ: މިހާތަނަށް 33 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި

ރައީސް ސޯލިހްގެ ސަރުކާރުން ތިލަމާލެ ބްރިޖް މަޝްރޫއު އިންޑިއާގެ އެފްކޮސްއާ އެކު ފެއްޓީ މިދިޔަ އަހަރުގެ އޮގަސްޓްގެ ނިޔަލަށް އެންމެ ލަސްވެގެން މާލެ-ވިލިމާލެ ގުޅާލާނެ ކަމަށް ބުނަމުންނެވެ. ފަހުން އެ ތާރީހު ޑިސެންބަރަށް ފަސް ކުރި އެވެ.

ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމުގެ އެންމެ ފަހު ދުވަހު އެއްބަސްވުމަށް ބަދަލު ގެނަ އެވެ. އެ މައުލޫމާތު ހާމަނުކޮށް އޮތީ ސިއްރު ކޮށްފައެވެ. ވެެރިކަމުގެ އެންމެ ފަހު ވަގުތު ގެނައި ބަދަލުން ބްރިޖްގެ ފުރަތަމަ ބައި ނިންމަން ޖެހެނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގަނީ: މިހާތަނަށް 33 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި

ތިލަމާލެ ބްރިޖްގެ މަސައްކަތަށް ގުޅީފަޅު ސައިޓާއި މާލެ ސައިޓުގައި ޖުމުލަ 1500 މީހުން މަސައްކަތް ކުރެ އެވެ. މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ އޮތް ކުންފުންޏަށް ތިލަމާލެ ބްރިޖް މަޝްރޫއު ކުރިއަށް ގެންދެވެނީ ވަރަށް ސްޕީޑް ލަސް ކޮށެވެ. މިހާތަނަށް ދިން އެއްވެސް ތާރީހަކަށް އެއްވެސް މަސައްކަތެއް ނުނިމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.