މަޖިލީސް މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭނެ ޕްލޭނެއް ހަދަނީ

އަސްލަމް ވިދާޅުވީ، މުސާރައިގެ ކުރިއެރުން ނުލިބޭތީ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް މިހާރު ހައްލުކޮށް، މިދިޔަ މަހުން ފެށިގެން އަސާސީ މުސާރައަށް 20 ޕަސެންޓް އިތުރުކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް: މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭނެ ޕްލޭނެއް އެކުލަވާލައްވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުގެ ގޮތުން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ރޭ ބޭއްވި ސްޓާފް ނައިޓްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައި ގެންނެވުމަށްފަހު މުވައްޒަފުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ދެ ކަންބޮޑުވުމެއް މުވައްޒަފުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ. އެއީ އިދާރީ މުވައްޒަފުންނަށް ހާއްސަ ހައުސިން ސްކީމެއް ނެތުމާއި މުސާރަ ބޮޑު ނުވާ މައްސަލަ އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހެން ދާއިރާތަކުގެ މުވައްޒަފުންނަށް އިސްކަން ދޭއިރު، މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ހާއްސަ ހައުސިން ސްކީމެއް ނެތުމުން މުވައްޒަފުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެބަ މަސައްކަތް ކުރަން، ސަރުކާރުގެ ވަކި އިދާރާއަކުން ވެސް ނޫން، ސަރުކާރަކުން ވެސް ނޫން، ރައްޔިތުންގެ މަޖިލީހުން އެކަން އިންތިޒާމު ކުރެވެން ޖެހޭނެ އަޅުގަނޑު ދެކޭ ގޮތުގައި. މަޖިލީހުން މިކަން އިންތިޒާމުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ޖެހޭ. އެހެންކަމުން އެ މަސައްކަތް ތިބޭފުޅުންގެ [މުވައްޒަފުންގެ] މަޝްވަރާގެ މަތިން އަދި މަޖިލީހުގެ އަމީންއާންމުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، މުސާރައިގެ ކުރިއެރުން ނުލިބޭތީ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް މިހާރު ހައްލުކޮށް، މިދިޔަ މަހުން ފެށިގެން އަސާސީ މުސާރައަށް 20 ޕަސެންޓް އިތުރުކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ މަޖިލީހުގެ މުވައްޒަފުން ކުރާ މަސައްކަތާ އަޅާބަލާއިރު އެންމެ އެކަށީގެންވާ އުޖޫރައެއް ނޫންކަން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ރޭ ހަފްލާއެއް ބާއްވާފައި ވަނީ 12 އަހަރު ފަހުންނެވެ. މި ހަފްލާގައި، މަޖިލީސް އިދާރާއަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ވަނީ ހަނދާ ފިލަޔާއި ލޯ، ރިހި އަދި ރަން މެޑަލް އަރުވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.