ޑާކްރެއިންގެ "ފުރޭތަ" ފެންނާނީ މާޗް ހަތަރެއް ގައި

ޑާކްރެއިން ބުނި ގޮތުގައި "ފުރޭތަ" ދައްކަން ފަށާނީ އަންނަ މާޗް މަހުގެ ހަތަރުވަނަ ދުވަހު އެވެ. ފިލްމުގެ ތާރީހު އަވަސްކޮށް އިއްޔެ ވަނީ ފިލްމުގެ ޓިކެޓަށް ބުކު ކުރުމަށް ވެސް ހުޅުވާލާފައެވެ.

"ފުރޭތަ" އިގެ މޯޝަން ޕޯސްޓަރު

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމް ސްޓޫޑިއޯ -- ޑާކްރެއިން އެންޓަޓައިމަންޓްގެ އާ ފިލްމު "ފުރޭތަ" ދައްކާނެ ތާރީހު އިއުލާނު ކޮށްފި އެވެ.

ޑާކްރެއިން ބުނި ގޮތުގައި "ފުރޭތަ" ދައްކަން ފަށާނީ އަންނަ މާޗް މަހުގެ ހަތަރުވަނަ ދުވަހު އެވެ. ކުރީން މި ފިލްމު ގެންނަން އޮތީ ޖޫން މަހު އެވެ. ނަމަވެސް ފިލްމުގެ ތާރީހު އަވަސްކޮށް އިއްޔެ ވަނީ ފިލްމުގެ ޓިކެޓަށް ބުކު ކުރުމަށް ވެސް ހުޅުވާލާފައެވެ.

  •  ޓިކެޓް ބުކް ކުުރުމަށް ގުޅާނީ 9911229 ނަންބަރަށް

މިހާރު ވަނީ "ފުރޭތަ" އިގެ މޯޝަން ޕޯސްޓަރު ވެސް އާންމު ކޮށްފައެވެ.

މި ފިލްމު ގައި މުހިންމު ރޯލްތަކުން ފެންނާނީ ޒުވާން އެކްޓަރު ޝަރަފް އަބްދުﷲ އެވެ. މީގެ އިތުރުން މުހައްމަދު މަނިކާއި ރަވީ ފާރޫގާއި އަހްމަދު ސައީދާއި އާދަމް ރިޒްވީގެ އިތުރުން މުހައްމަދު ރިފްޝާން އައި އައިމިނަތު އަސީލާ އާއި އަހްމަދު ނީލް އާއި އަލީ ނަދީހު ހިމެނެ އެވެ.

މިއީ ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ސްކްރީންޕްލޭ ލިޔެފައި ވަނީ އަހްމަދު ތޮލާލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.