ރާއްޖޭގައި ދިގު މުއްދަތައް އުޅޭ ބިދޭސީން މެޑިކަލް ޗެކްއަޕް ހަދަން ޖެހޭ އާ އުސޫލެއް

މިނިސްޓްރީން ބުނީ މިއުސޫލުގެ ދަށުން ހަދާ މެޑިކަލްގައި ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކާއި ބަލަންޖެހޭ ކަންތައްތަކުގެ ތަފްސީލް އުސޫލުގައި ހިމަނާފައި ވާނެ ކަމަށެވެ.

ހޯމްލޭން މިނިސްޓަރު އަލީ އިހުސާން އަދު ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް: ދިގު މުއްދަތައް ރާއްޖޭގައި އުޅޭ ބިދޭސީން މެޑިކަލް ހަދަން ޖެހޭ އާ އުސޫލު ވަނީ ނެރުއްވާދެއްވާފައި --

ރާއްޖޭގައި ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، އާ އުސޫލެއް މިއަދު ތައާރަފް ކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އުސޫލު ތައާރަފު ކޮށްދެއްވީ ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހްސާން އެވެ.

ހެލްތު މިނިސްޓްރީން ބުނީ، މި އުސޫލުގެ މަގްސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ފެތުރުނަ ނުދިނުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވާ ރާއްޖޭގައި ދިގުމުއްތަކަށް އުޅޭ އެންމެހައި ބިދޭސީންނަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ އުފެއްދުންތެރި ބައެއްކަން ކަށަވަރުކުން ކަމަށެވެ.

މި އުސޫލަށް ގެނެވުނު ބަދަލާއެކު ވޯކް ވިސާގެ އިތުރުން ޑިޕެންޑެންޓް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ އަދި މެރިޖް ވިސާ ހައްދާއިރު ހެލްތު މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލްއެއް ހަދަން ޖެހޭނެ އެވެ. 

އަދި މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ގައުމުތަކުން ބިޒްނަސް ވިސާގައި ތިބޭ މިހުން، ވިސާ އެކްސްޓެންޑް ކުރާއިރު މެޑިކަލް ހަދަންޖެހޭނެ އެވެ. މީގެ އިތުރުން މެރިޖް ވިސާއަށް ފުރަތަމަ އެދޭއިރު މެޑިކަލް ހަދަން ޖެހޭނެ އެވެ.

މީގެ އިތުރުން، ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ގައުމުތަކުގެ މީހުން ފައިލޭރިއާ އަށް ޓެސްޓްކުރުން މިއުސޫލަށް ވަނީ އިތުރުކޮށްފަ އެވެ. މިފަދަ މީހުން ޓެސްޓް ކުރުމަށްފަހު ޕޮސިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރެވޭނީ ފައިލޭރިއާއަށް ބޭސް ކެއުމަށްފަހު އެވެ.

މިނިސްޓްރީން ބުނީ މިއުސޫލުގެ ދަށުން ހަދާ މެޑިކަލްގައި ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކާއި ބަލަންޖެހޭ ކަންތައްތަކުގެ ތަފްސީލް އުސޫލުގައި ހިމަނާފައި ވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.