ރަޖިސްޓްރީވާ އަދަދު ހަމަވީ މެލޭޝިއާއާ ލަންކާގައި އެކަނި

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުގެ ތާރީހެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީ-ރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދޭނެ،" ހަބީބް ވިދާޅުވި އެވެ.

އިންތިހާބުގައި މީހަކު ވޯޓް ލަނީ: ވޯޓް ފޮށި ބަހައްޓާ އަދަދަށް ރަޖިސްޓާވީ ލަންކާ އަދި މެލޭޝިއާ އިން އެކަނި -- މި

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން، ބޭރު ގައުމުތަކުގައި ރަޖިސްޓްރީ ކުރަން ކަނޑައަޅާފައިވާ އަދަދަށް މީހުން ރަޖިސްޓްރީވެފައި ވަނީ މެލޭޝިއާ އަދި ސްރީލަންކާގައި އެކަނި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މަޖިލީސް އިންތިހާބުގައި ހަ ގައުމެއްގައި ވޯޓް ފޮށި ބަހައްޓަން އީސީ އިން ނިންމާފައިވެ އެވެ. އެއީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ޔޫކޭ އަދި ދުބާއީގަ އެވެ. މީގެ ތެރެއިން އެންމެ ގިނަ ދިވެހިން އުޅެނީ އިންޑިއާ އަދި ލަންކާގަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު އިއްޔެ ހަވީރު 4:00 އަށް ހަމަވިއިރު 13،378 ފޯމު ލިބިފައިވާ ކަމަށެވެ. އޭގެތެރެއިން 11،919 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައި ވާއިރު 1459 ހުށަހެޅުން
ބަލައިގަނެފައި ނުވާ ކަމަށެވެ.

"ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައި ވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާގައި. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުގެ ތާރީހެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީ-ރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދޭނެ،" ހަބީބް ވިދާޅުވި އެވެ.

އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. އެއީ ރޯދަ މަހުގެ ފުރަތަމަ ހަފްތާ ތެރެ އެވެ. ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކާ ގުޅިގެން، ރޯދައިގެ ފަހުން އިންތިހާބު ބާއްވަން ވެސް ޖެހެދާނެ އެވެ.

އެ ބިލުގައި ވަނީ ރޯދަ މަހު އެއްވެސް އިންތިހާބެއް ނުބޭއްވޭނެ ކަމަށާއި، އިންތިހާބެއް ބޭއްވޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށެވެ. އެ ބިލު ދިރާސާ ކުރަން ނެގި ވަގުތީ ކޮމެޓީން ވަނީ ބިލު ފާސް ކުރަން ނިންމާފަ އެވެ. ނަމަވެސް ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ ވަރަށް ބޮޑެތި ގޮންޖެހުންތައް ނިކުންނާނެ ކަމަށް އީސީ އިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.