"ފެބްރުއަރީ ހަތެއްގެ ބިރުވެރިކަމުން އަދިވެސް އަރައިނުގަނެވޭ"

ރައީސް ނަޝީދުގެ އިރުޝާދަށް އުފެއްދެވި ޑިމޮކްރެޓްސް އިން މިއަދު ވަނީ ނަޝީދުގެ ވެރިކަން ނިމުމަކަށް އައި ހާދިސާ އަށް މިއަދު 12 އަހަރު ފުރުމާއި ދިމާކޮށް ބަޔާނެއް ނެރެފައެވެ.

ފެބްރުއަރީ 7، 2012: ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި މަޑުކޮށްލަވައިގެން

ރައީސް މުހައްމަދު ނަޝީދުގެ ކުއްލި އިސްތިއުފާ މެދުވެރިވި ފެބްރުއަރީ 7، 2012 ގެ ހާދިސާއަށް 12 އަހަރުވީއިރު އަދިވެސް އެ ދުވަހުގެ ބިރުވެރި ކަމުން އަރައިގަނެވިފައި ނުވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ރައީސް ނަޝީދުގެ އިރުޝާދަށް އުފެއްދެވި ޑިމޮކްރެޓްސް އިން މިއަދު ވަނީ ނަޝީދުގެ ވެރިކަން ނިމުމަކަށް އައި ހާދިސާ އަށް މިއަދު 12 އަހަރު ފުރުމާއި ދިމާކޮށް ބަޔާނެއް ނެރެފައެވެ.

ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އިސްލާހީ ހަރަކާތްތެރިންނާއި ރައްޔިތުންގެ ބުރަ މަސައްކަތާއި ލިބުނު ގިނަގުނަ އަނިޔާތަކުގެ ތެރެއިން ގެނެވުނު ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބުކުރި ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް ބަގާވާތްކޮށް ވެރިކަން މަގުމަތިން ވައްޓައިލާފައި ވަނީ އެއިރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ގުޅިގެން ކަަމަށެވެ. އެހެންކަމުން އެއީ ރާއްޖޭގެ ޑިމޮކްރެސީ ހަޔާތު ގައި ދިމާވި އެންމެ ގެއްލުން ބޮޑު ކަޅު ދުވަސް ކަމަށެވެ.

ހަތެއް ފެބްރުއަރީ އަށް ފަހު ޖެހިގެން އައި އަށެއް ފެބްރުއަރީ ގައި ހަތިޔާރު އެޅި ފުލުހުންގެ ތެރެއިން ބައެއް ފުލުހުން ރައްޔިތުން ގައިގާ ތަޅައި އަނިޔާވެރިވެފައި ވަނީ އިންތިހާ ދަރަޖައަށް ކަން ކަންބޮޑުވުމާއެކު މިއަދު ވެސް ފާހަގަ ކުރާ ކަމަސް ބުންޏެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަޕޯޓަރުން އެެ ދުވަހު ނިކުމެ ދައުލަތުގެ މުދަލާއި ވަސީލަތްތަކުގައި ހުޅު ޖަހާ 200 މިލިއަން ރުފިޔާގެ ގެއްލުން ދިން ވާހަކަ ބަޔާނުގައި ނެތެވެ.

އަދި ބުނީ އެ ބިރުވެރިކަމުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމާއި މުޅި ގައުމު ފަހަތަށް ދިއަ ދިއުމުން މި ވަނީ މިއަދާ ހަމައަށް ވެސް އަރައި ނުގަނެވި ފޫނުބެއްދި ކަމަށެވެ. މި ބަގާވާތް ދަ ޑިމޮކްރެޓްސް އިން އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށް ވެސް ބުންޏެވެ.

ފެބްރުއަރީ ހަތެއް ގައި ވެރިކަން ބަދަލުވީ ބަގާވާތަކުން ނޫން ކަމަށް އެ ދުވަހުގެ ހާދިސާގެ ކަންކަން ބެލުމަށް އެކުލަވާލި މިނިވަން ކޮމިޝަނުން ވަނީ ނިންމާފައެވެ. ވެރިކަން ބަދަލުވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވެސް ވަނީ އެކި ފަހަރު އެކި ވާހަކަ ދައްކަވާފައެވެ. އެ ދުވަހުގެ ހާދިސާގެ އަޑީގައި ހުންނެވި ކަމަށް އެމަނިކުފާނު އެކި ފަހަރު ވިދާޅުވަނީ އެކި ބޭފުޅުންގެ ނަމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.