"ޔަގީންކަން ދެން، ބޭރު ސިފައިން ނުތިބޭ ހިސާބަށް ގެންދާނަން"

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރާއިރު ރާއްޖޭގައި ހިނގާ އަނެއް ކަމަކީ ދިވެހިންގެ އަމިއްލަ ގާބިލުކަން އިތުރު ކުރަން ކުރަން ޖެހޭ މަސައްކަތް ކުރުމެވެ.

ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސް ދެއްވާނެ ކަމަށް އަރުވާ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރު ކުރައްވައިފި އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި އާންމު މީހަކު އަމާޒު ކުރި ސުވާލަކަށް މިއަދު ދެއްވި ރިކޯޑް ކޮށްފައިވާ ޖާބެއް މެދުވެރިކޮށެވެ. އެ ސުވާލު ކޮށްފައި ވަނީ ހުޅުމާލެ، ފުލެޓް ނަންބަރު 21308، އަޙްމަދު ޝަރީފެވެ. ސުވާލުކޮށްފައި ވަނީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުގެ ކަންކަން ހިނގަމުންދާގޮތާއި މެދު އެވެ. 

"ރޭވުންތެެރި ކަމާއެކީގައި މަޝްވަރާގެ އުސޫލުން އަޅުގަނޑުމެން މިކުރާ މަސައްކަތުން އިރާދަ ކުރެއްވިޔާ ރައްޔިތުންނަށް ޔަގީންކަން އަޅުގަނޑު ދެނީ މި ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސް ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް އެންމެ ބޮޑަށް މިހާރު އޮޅުން ފިލުވަން ބޭނުންވާ މައްސަލައަކީ ރާއްޖޭގައި ތިބި ބޭރު ސިފައިންގެ ކަންކަން ކުރެވިގެން ދާ ގޮތް ކަމަށެވެ. އަދި އެމަނިކުފާނު އެންމެ އިސް ޒިންމާއެއް ގޮތުގައި ދެކެ ވަޑައިގަންނަވާ ކަމަކީ ވެސް ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީން ކުރުން ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭން ބާލަން ކުރަންޖެހޭ ހުރިހާ މަސައްކަތްތައް އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ރަސްމީކޮށް ފަށައި ޑިޕްލޮމަސީގެ ރީތި އުސޫލުގެ މަތީން އެ މަޝްވަރާތައް ބާރަށް ކުރިޔަށް ދާ ކަމަށެވެ.

"މިހާރު ގޮސްފައިވާ ހިސާބުން މި އަންނަ މާޗް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދާއިރު އިރާދަ ކުރެއްވިއްޔާ އެއް ޕްލެޓްފޯމްގެ ސިފައިން ގެންދާނެ. ދެން މޭ މަސް އަންނަން ވާއިރަށް، މޭ މަހުގެ 10 ވަނަ ދުވަހުގެ ކުރީން ދެން ހުރި ޕްލެޓްފޯމްތަކުގެ ސިފައިން އަނބުރާ ގެންދާނެ." ރައީސް ވިދާޅުވި އެވެ. "މި ހިސާބަށް މި ގެންދަވެނީ ޑިޕްލޮމަސީގެ ރީތި އުސޫލުތަކުން ކުރެވޭ މަސައްކަތުގެ ނަތީޖާއިން، މިއީ ހަގީގަތުގައި ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ،" 

ފޯކަސް އޮތީ އަމިއްލަ ގާބިލުކަން ހޯދަން

ރައީސް މުއިއްޒު ދެން ވިިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރާއިރު ހިނގާ އަނެއް ކަމަކީ ދިވެހިންގެ އަމިއްލަ ގާބިލުކަން އިތުރު ކުރަން ކުރާ މަސައްކަތް ކަމަށެވެ. އެ ގާބިލުކަން މެޑިކަލް އެވަކްއޭޝަނާއި އިމެޖެންސީކޮށް ބަލި މީހުން އުފުލަން، ގާއިމް ކުރަމުން ގެންދާއިރު އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗް މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށެވެ.

"ހަމަ އެއާއެކީގައި ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯނަކީ ވަރަށް ބޮޑު ސަރަހައްދެއް އެ ބޮޑު ސަރަހައްދު އަޅުގަނޑުމެން އަމިއްލައަށް ބެލެހެއްޓުމަށްޓަކައި ގާބިލުކަން ގާއިމު ކުރުމުގެ ހުރިހާ މަސައްކަތެއް ދަނީ ބާރު ސްޕީޑްގައި ކުރިޔަށް. ހަމައެއާއެކީގަ ވެސް ދެން ކުރަންޖެހގޭ ހުރިހާ ސާވައިލެންސް މަސައްކަތަކާ ގުޅޭ ހުރިހާ ކަމެއް ދަނީ ބާރަށް ކުރިޔަށް،" 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.