ރަސްގެފާނު ޗާލްސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސްގެ ހާއްސަ މެސެޖެއް

ޗާލްސް އަށް ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާ ކަމަށާއި، އެ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވާފައިކަން ބަކިންހަމް ޕެލަސް އިން ވަނީ ހާމަކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ރަސްގެފާނު ޗާލްސް: ރައީސް ވަނީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި --

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް އަށް ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ މެސެޖެއް ފޮނުއްވައިފި އެވެ.

ޗާލްސް އަށް ކެންސަރުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައިވާ ކަމަށާއި، އެ ބައްޔަށް ފަރުވާ ހޯއްދަވަން ފައްޓަވާފައިކަން ބަކިންހަމް ޕެލަސް އިން ވަނީ ހާމަކޮށްފަ އެވެ. ރިޔާސީ ގަނޑުވަރުން ހާމަކުރި ގޮތުގައި ރަސްގެފާނަށް ކެންސަރު ޖެހިވަޑައިގެންފައިވާ ކަން އެނގިވަޑައިގަތީ ޕްރޮސްޓޭޓް އެންލާޖްމަންޓުގެ ފަރުވާއަކަށް ޑޮކްޓަރަށް ދެއްކެވުމުންނެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ލިޔުއްވާފައި ވަނީ ރަސްގެފާނުގެ އާލާސްކަންފުޅުގެ ހަބަރު އެއްސެވީ ފުންހިތާމައާ އެކުގައި ކަމަށެވެ. މި ބައްޔާއި އެމަނިކުފާނު ކެތްތެރިކަމާ ހިތްވަރާއެކު ކުރިމަތިލައްވާނެކަން ޔަގީން ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑާއި ރާއްޖޭގެ ރައްޔިތުން ވެސް ރަސްގެފާނު ޗާލްސްއަށް އަވަސް ޝިފާއަކަށް އެދެމެވެ،" ރައީސްގެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.

ބަކިންހަމް ޕެލަސް އިން ބުނި ގޮތުގައި، ރަސްގެފާނު ހުންނެވީ ކެންސަރުގެ އާލާސްކަންފުޅުން މުޅީން ފަސޭހަފުޅުވެ ވަރަށް އަވަހަށް ހިދުމަތަށް ވަޑައިގަތުމުގެ އުންމީދު ގައެވެ. ފަރުވާ ހޯއްދަވަމުން ގެންދަވާތީ އާންމުންގެ ތެރެއަށް ނުކެމެވަޑައިގަތުން މިވަގުތަށް ޑޮކްޓަރުން މަނާ ކުރައްވާފައިވާ ކަމަށް ވެސް ބުންޏެވެ.

ޗާލްސް ރަސްކަމަށް ވަޑައިގަތީ މަންމާފުޅު، ރާނީ އެލިޒަބަތު ސެޕްޓެމްބަރު 9، 2022 ގައި އަވަހާރަވުމުންނެވެ. ރަސްގެފާނުގެ އާލާސްކަންފުޅުގެ ހަބަރާއެކު ގައުމުތަކުގެ ވެރިން ދަނީ އެމަނިކުފާނަށް ހެޔޮ އެދުމުގެ މެސެޖުތައް ފޮނުއްވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.