"ވާނުވާ" މައްސަލަ ހައްލުވާނީ ކޯޓުތަކުގެ ޖާގަ އިތުރު ކޮށްގެން: ޕީޖީ

"ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭންގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ޝަރުއީ ކޯޓުތައް ހިނގާ ސްޕީޑާ. ޝަރީއަތުގެ ސްޕީޑް ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާ،"

ޕީޖީ ހުސެއިން ޝަމީމް: ވާނުވާ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމަށްފަހު، ޝަރީއަތްތައް ނުހިނގައި ދިގު ލައިގެންދާ މައްސަލަ ހައްލު ކުރެވޭނީ ކޯޓުތަކުގައި ވަސީލަތްތައް ގާއިމް ކޮށްގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޝަރީއަތް ނިމެންދެން "ވާނުވާ" ބަންދެއްގައި ތިބެން ޖެހޭ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މި މަހު ފައްޓަވާނެ ކަމަށެވެ. ޕީޖީ އޮފީހުން މިއަދު ވަނީ އެކަން ހައްލު ކުރަން އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާތީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.

އެ އޮފީހުން މިއަދު ބުނީ، ވާނުވާ ބަންދުގައި މީހުން ތިބޭ މައްސަލަ ހައްލު ކުރުމަށް 2019 ވަނަ އަހަރުން ފެށިގެން އެކިއެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އޭގެ އެއް ނަތީޖާއަކީ ކޮންމެ 30 ދުވަހަކުން ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރާ ގޮތަށް ޖިނާއީ އިޖުރާއަތު ގާނޫނަށް ގެނައި އިސްލާހު ކަން ފާހަގަކޮށްފައިވެ އެވެ.

"ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭންގި ދިގުލައިގެންދާ މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ޝަރުއީ ކޯޓުތައް ހިނގާ ސްޕީޑާ. ޝަރީއަތުގެ ސްޕީޑް ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާ،" ޕީޖީ އޮފީހުން ބުންޏެވެ.

ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް އިއްޔެ ވިދާޅުވެފައިވާތީ، އެ މަސައްކަތް އަވަހަށް ފެށޭނެ ކަމުގެ އުންމީދު ކުރާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މި މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމަށް، ގާނޫނަށް ގެންނަ އިސްލާހުތައް މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް އިއްޔެ ވިދާޅުވެފައިވެ އެވެ. އެކަމަށް ދޭންޖެހޭ އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ޕީޖީ އޮފީހުން ދިނެވެ. އަދި، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ބޭނުންވާ ބައެއް ބަދަލުތަކުގެ ތަސައްވުރެއް މިހާރު ވެސް އެ އޮފީހުން ގެންގުޅެމުންދާ ކަމަށް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.