ތިން ގައުމަކަށް ސަފީރުން އައްޔަނު ކުރަން ފޮނުވައިފި

މަޖިލީހަށް ފޮނުވާފައި ވަނީ ސްރީ ލަންކާ، މެލޭޝިއާގެ އިތުރުން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން އައްޔަނު ކުރުމަށެވެ.

ރައީސް އޮފީސް: ތިން ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން އައްޔަނު ކުރަން މަޖިލީހަށް ވަނީ ފޮނުވާފައި --

ތިން ގައުމަކަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

މަޖިލީހަށް ފޮނުވާފައި ވަނީ ސްރީ ލަންކާ، މެލޭޝިއާގެ އިތުރުން ބެލްޖިއަމް އަދި ޔޫރަޕިއަން ޔޫނިއަން އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުން އައްޔަނު ކުރުމަށެވެ. 

ރައީސް އޮފީހުން މަޖިލީހަށް ފޮނުވާފައިވާ ނަންތަކަކީ؛

  •  ސްރީ ލަންކާ - މަސްއޫދު އިމާދު
  •  މެލޭޝިއާ - ޑރ. މަރްޔަމް ޝަބީން
  •  ބެލްޖިއަމް އަދި ޔޫއެން - ގީލާ އަލީ

މި ބޭފުޅުންގެ ތެރެއިން ގީލާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމާއި އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފަ އެވެ. އަދި، މަސްއޫދު ވަނީ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ.

މަޖިލީހުގެ ރިޔާސަތުން ވަނީ މި މައްސަލަ ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.