ރައީސްގެ ފުރަތަމަ އަތޮޅުތެރޭ ދަތުރުފުޅު ތ. އަތޮޅަށް

ރައީސް ތ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި، އަތޮޅުގެ އެކި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތ. އަތޮޅަށް ވަޑައިގަންނަވަން އެއާޕޯޓްގައި --

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ތ. އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ރައީސްގެ ތިން ދުވަހުގެ މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އެ އަތޮޅު ގުރައިދޫއަށެވެ. 

ރައީސް އަތޮޅުތެރެއަށް ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅު ހާއްސަ ކުރެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ގިނަ ވޯޓް ލިބުން ރަށަށެވެ. އެންމެ ފުރަތަމަ ގުރައިދޫއަށް ވަޑައިގެންނެވީ އެމަނިކުފާނަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ އެރަށުން ކަމަށް ވާތީ އެވެ.

ރައީސް ތ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި، އަތޮޅުގެ އެކި ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ވެސް ބައްދަލު ކުރައްވާނެ އެވެ. 

މި ބައްދަލުވުންތަކުގައި ރަށްރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި އެރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ރައީސް ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.