ހައްގު ބަސް ބުނަން ގޮނޑިއެއް ބޭނުމެއް ނުވޭ، ސާބިތުވެ ހުންނާނީ އެމްޑީޕީ ގައި: ރޮޒައިނާ

ހޮނިހިރު ދުވަހުގެ ޕްރައިމަރީ ގައި ރޮޒައިނާ ވަނީ 221 ވޯޓް ހޯއްދަވާފައެވެ. އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަހްމަދު ޝަރީފަށް ލިބިފައި ވަނީ 251 ވޯޓެވެ.

އެމްޑީޕީގެ އަންހެންނުންގެ ރޫހުގެ ރައީސް / ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އެމްޑީޕީގެ މަޖިލީސް ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން އާންމުންނާއި ވާާދަވެރި ސިޔާސީ ޕާޓީތަކުގެ އާންމު މެންބަރުން އަމާޒު ކުރަމުންދާ ފާޑު ކިޔުންތަކަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފި އެވެ.

ފާޑުކިޔާ މީހުންނަށް ރައްދު ދެއްވާ އެކްސް ގައި ކުރެއްވި ޕޯސްޓް ގައި ރޮޒައިނާ ވިދާޅުވީ ސިޔާސީ މަސައްކަތް ކުރައްވަނީ ކުރާ ހިތުން ކަމަށެވެ. އެއީ ކާންބޯން ނުލިބިގެން ކުރައްވާ މަސައްކަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެެވެ.

"ހައްގު ބަސް ބުނާކަށް ގޮނޑިއެއް [މަޖިލީހުގެ މެންބަރުކަމެއް] ބޭނުމެއް ނުވޭ،"

ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ގައި ސާބިތު ކަމާއެެކު ހުންނަވާނެ ކަމަށެވެ. އަދި ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ވިދާޅުވާނެ ކަމަށެވެ.

ރޮޒައިނާއަށް އަމާޒު ކުރަމުންދާ ފާޑުކިޔުންތަކާއި އޭނާ ދެން ގުޅުވައިލީ ފުރައްސާރަ ކުރުމެއް ކަމުގައެވެ. ވިދާޅުވީ އަންހެނަކަށް ފުރައްސާރަކޮށް އެވަރަށް އަޅައިގަނެގެން އުޅުމުން އެނގެނީ އެ ބަޔަކު އޭނާ ދެކެ ޖެހިލުންވާ މިންވަރު ކަމަށެވެ. އަދި އެއީ އެބައެއްގެ ހިތުގައި އޭނާގެ މައްޗަށް ނަފްރަތާއި ހަސަދަވެރިކަން އޮތް މިންވަރު ކަމަށެވެ.

"އެކަމަކު ސިޔާސީ ހަޔާތުގައި އެއްވެސް މީހަކަށް ޒާތީ ގޮތުން އެއްޗެއް ބުނެފައެއް ނޯންނާނެ. ނުވެސް ބުނާނަން،" ވާދަވެރި ކަމުގައި ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދާއި ރައީސް ޔާމީނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ރޮޒައިނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ޕްރައިމަރީ ގައި ރޮޒައިނާ ވަނީ 221 ވޯޓް ހޯއްދަވާފައެވެ. އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަހްމަދު ޝަރީފަށް ލިބިފައި ވަނީ 251 ވޯޓެވެ. ރޮޒައިނާ ބަލިވީ 30 ވޯޓުންނެވެ. އެ ދާއިރާއަށް ދެން ކުރިމަތިލި އަހްމަދު ހަމްޒާ ވެސް ވަނީ 206 ވޯޓް ހޯދާފައެވެ.

މި ޕްރައިމަރީ ގައި އެންމެ ވާދަވެރި އެއް ދާއިރާ އަކީ މިއީ އެވެ. ހުރިހާ ކެންޑިޑޭޓުން ވެސް ވަރުގަދަ / ރަނގަޅު ފައިޓެއް ދީފައިވެ އެވެ. އެކަށީގެންވާ ރަނގަޅު އަދަދެއްގެ ވޯޓް ވެސް ހޯދާފައިވެ އެވެ.

ރޮޒައިނާ އަކީ އެމްޑީޕީގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި އަންހެން ލީޑަރެވެ. އެއީ އަންހެނުންގެ ގޮފީގެ ރައީސާ އެވެ.

ޕްރައިމަރީން ބަލިވެ މަޖިލީސް އިންތިހާބު ގައި ވާދަކުރުމުގެ ފުރުސަތު ރޮޒައިނާއަށް ގެއްލުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ އުފާކޮށް އެކި ކަހަލަ ސްޓޭޓަސްތައް ޖަހާފައެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްއާ ޕީޕީއެމް / ޕީއެންސީ އަދި އެހެން ބައެއް ޕާޓީތަކުގެ އެކްޓިވިސްޓުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.