ގާސިމަށް މާރާމާރީގެ ތުހުމަތު، މަޖިލީސް ހޫނުވެއްޖެ

އެގޮތުން، ގާސިމް އޭނާއާ މާރާމާރީ ހިންގައި ހަމަލާ ދީފައިވާ ކަމަށް ވިދާޅުވި އެވެ. އެޔާއެކު މެމްބަރުން ވަނީ އަޑުގަދަ ކުރަން ފައްޓަވާފަ އެވެ.

ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސް ކުރިއަށް ދަނިކޮށް ޖަލްސާ ހޫނު ވެއްޖެ އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ. އޭނާ ވަނީ އެ މައްސަލަ ވީ އެންމެ އަވަހަށް ބަލައި ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލައިފަ އެވެ.

މިއަދު މެންދުރުފަހު ބޭއްވި މި ޖަލްސާއަށް 54 މެމްބަރުން ވަނީ ހާޒިރުވެފަ އެވެ. މަޖިލީސް ހޫނުވީ މި މައްސަލައިގައި ބަހުސްގައި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. އޭނާގެ ކުރިން މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވާހަކަ ދައްކަވާފައި ވާތީ އޭނާގެ ބަހުސް ފެއްޓެވީ ގާސިމަށް ތުހުމަތެއް ކުރައްވަމުންނެވެ.

އެގޮތުން، ގާސިމް އޭނާއާ މާރާމާރީ ހިންގައި ހަމަލާ ދީފައިވާ ކަމަށް ވިދާޅުވި އެވެ. އެޔާއެކު މެމްބަރުން ވަނީ އަޑުގަދަ ކުރަން ފައްޓަވާފަ އެވެ. ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަގައި، އެއީ ދޮގު ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ.

"ގައުމީ ތަރިކައިގެ ކޮމެޓީ ނިންމާފައި އަޅުގަނޑު ލިފްޓަށް އަރަ އަރާ ހުއްޓައި ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީގެ ހުރިހާ މެމްބަރުން ތިއްބައި....،" އިބްރާހިމް ޝަރީފް އެކަން ހިނގައި ދިޔަ ގޮތް އިތުރަށް ތަފްސީލުކޮށްދެއްވަން މަސައްކަތް ކުރި ނަމަވެސް، ރިޔާސަތުން ވަނީ އެކަން ހުއްޓުވާފަ އެވެ.

ނިޒާމީ މައްސަލައަށް އިޝާރާތް ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ އެފަދަ މައްސަލައެއް އޮތްނަމަ ނިޒާމުގެ ތެރެއިން އެކަމެއް ހުށަހެޅުމަށެވެ. މާރާމާރީގެ މައްސަލައެއް ނަމަ ކަމާ ގުޅުން ހުރި އިދާރާތަކަށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަސްލަމް އެކަން ހުއްޓުވުމުން ފަހުން މެމްބަރުން ވަނީ މައުލޫއަށް ބަހުސް ކުރަން ފައްޓަވާފަ އެވެ. ނަމަވެސް ޖަލްސާ ކުރިއަށް ދަނީ ނިޒާމީ ނުކުތާ ތަކާ އެކު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.