ސަރުކާރުން އިސްލާމީ ކަންކަމަށް ހާއްސަ ޓީވީ ޗެނަލެއް އުފައްދަނީ

"އަންނަ ފިތުރު އީދާ، އަދި މިނޫން އިސްލާމީ މުނާސަބާތަކާ ގައުމީ މުނާސަބާތައް ވެސް ދީނީ އަދި ގައުމީ ފުރިހަމަ ރޫހާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން އިރާދަކުރެއްވިއްޔާ ފާހަގަކުރާނަން،"

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވަަން ވަޑައިގެން --

ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމީ ވަހްދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، އިސްލާމީ ޓީވީ ޗެނަލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ދިވެހި ގައުމިއްޔަތުގެ ބަހާތަކާއި ދީން ކުރިއެރުވުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭކަން ފާހަގަކުރައްވާފަ އެވެ. 

އެހެންކަމުން ދީނަށް ހޭލުންތެރި ކުރުވަން އިސްލާމީ ޓީވީ ޗެނަލެއް އުފައްދާއިރު، ފިތުރު އީދާއި އެ ނޫން ވެސް އިސްލާމީ މުނާސަބާތައް ގައުމީ ފެންވަރުގައި ސަރުކާރުން ފާހަގަކުރަމުން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަންނަ ފިތުރު އީދާ، އަދި މިނޫން އިސްލާމީ މުނާސަބާތަކާ ގައުމީ މުނާސަބާތައް ވެސް ދީނީ އަދި ގައުމީ ފުރިހަމަ ރޫހާ އުފާފާގަތިކަމާ އެއްބައިވަންތަކަމާއެކު ސަރުކާރުން އިސްނަގައިގެން އިރާދަކުރެއްވިއްޔާ ފާހަގަކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުކުރަން ނިންމާފައިވާއިރު، އަންނަ ރޯދަ މަސް ވެގެން ދާނީ ފުރަތަމަ ފަހަރަށް ސަރުކާރަކުން ހުރިހާ ގެޔަކަށް ހަދިޔާއެއް ދޭ ގައުމަށް ކަމަށެވެ. 

"ދިވެހީންގެ އިޖްތިމާއީ ދިރިއުޅުމުގައި މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށާއި މެދު ނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން، މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް ވަނީ އަލުން އުފައްދާފައި،" ރައީސް ވިދާޅުވި އެވެ.

މިސްކިތްތައް ބެލެހެއްޓުމާ މަރާމާތަށް ދައުލަތުން ކުރާ ހޭދަ ތިން ގުނަ އިތުރުކޮށްފައިވާ ކަމަށާއި، ސަރުކާރު ހިންގުމާ ހަވާލުވެ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުޅީން އަލަށް ހަ މިސްކިތެއްގެ މަސައްކަތް ހަވާލުކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އަދި، ޕީއެޗްޑީ ފެންވަރަށް އިމާމުން ތަމްރީނުވުމުގެ ޕްރޮގްރާމެއް ހިންގަން ރޭވިފައިވާ ކަމަށާއި ހައްޖަށް ދެވޭނެ ފޯރުންތެރިކަން ނެތް 1000 ފަގީރުން މި ދައުރުގައި ހައްޖުވުމުގެ ފުރުސަތު ސަރުކާރުން ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މި އަހަރުތެރޭގައި 50 ފަގީރުންނަށް މި ފުރުސަތު ދެވޭނެ ކަމަށެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.