ލޯނު ދައްކަން ފަހަށް ރައްކާ ކުރާ ފަންޑަށް އަލުން ޑޮލަރު ޖަމާ ކުރަން ފަަށައިފި

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު މި ފަންޑަށް 200 މިލިއަން ޑޮލަރު ހުރީ ޖަމާކޮށްފަ އެވެ. ނަމަވެސް ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ހުރީ މަދު ޑޮލަރު ކޮޅެކެވެ.

ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް: އެސްއޯއީ ރިފޯމް ކޮންސަލްޓެންޓެއް ހޯދަން ވަނީ އިއުލާނުކޮށްފައި --

ރާއްޖޭގެ ލޯނު ދެއްކުމުގެ ގާބިލްކަން އުފައްދަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ސޮވްރިން ވެލްތް ފަންޑަށް އަލުން ޑޮލަރުން އާމްދަނީ ޖަމާކުރަން ސަރުކާރުން ފަށައިފި އެވެ. 

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެށުނުއިރު 200 މިލިއަން ޑޮލަރު ހުރިނަމަވެސް އެ ވެރިކަން ނިމިގެން ދިޔައިރު ހަމައެކަނި ރުފިޔާގެ ފަންޑެއްގެ ގޮތުގައި ހުރި ފަހަށް ރައްކާކުރާ ފަންޑަށް ޑޮލަރުގެ އާމްދަނީ ޖަމާ ކުރަން ފެށިގެން އިއުލާނު ކުރެއްވީ ރައްޔިތުން މަޖިލިސް މި ދައުރަށް ހުޅުއްވައި ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. 

ރައީސް ޑރ. މުއިއްޒު މަޖިލީހުގައި ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ސޮވަރިންގ ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ވެސް ފަށައި، ބޭރު ފައިސާ ޤައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ވެސް ހޯދަމުންދާ ކަމަށެވެ. 

"އެހެންކަމުން މުސްތަގުބަލު ފެންނަނީ އިރާދަކުރެއްވިއްޔާ ވަރަށްވެސް އުޖާލާކޮށް،" ރައީސް ވިދާޅުވި އެވެ. 

މި އަހަރު މި ފަންޑު 1.2 ބިލިއަން ރުފިޔާށް - މި އަހަރުގެ ބަޖެޓުގައި ސޮވްރިން ފަންޑަށް 1.2 ބިލިއަން ރުފިޔާ ޖަމާކުރަން ކަނޑައަޅާފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގައި މިހާރު ހުރި 7.4 ބިލިއަން ރުފިޔާ މިއަހަރު ނިމެންވާއިރަށް 9.7 ބިލިއަނަށް އިތުރު ކުރުމެވެ. 

ސޮވްރިން ފަންޑުން ވަނީ ފައިސާ ނަގާފަ

ސޮވްރިން ފަންޑު އުފެއްދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. އެ ފަންޑު އުފެއްދީ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ލޯނު ނަގަމުންދާތީ އެ ލޯނު ދެއްކުމުގެ ގާބިލްކަން މަތި ކުރުމަށެވެ. ނަމަވެސް އެ ފަންޑުން ހަރަދު ކުރުމުގެ ބާރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަޖިލީހުން ވަނީ ދީފަ އެވެ.  ވެރިކަން ބަދަލުވިއިރު މި ފަންޑުގެ ބޮޑު ބަޔަކީ ދިވެހި ރުފިޔާ އެވެ. މި ފަންޑުގައި ހުރި ފައިސާގެ 80 ޕަސެންޓް ހުރީ ޓީބިލްގައި އިންވެސްޓްކޮށްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.