ދަރަނި ގްރާފް: ޖުމްލަ 124 ބިލިއަން، އިންޑިއާއަށް 30 ބިލިއަނަށް ދަރާ

އިންޑިއާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަ ލޯނެއް ނަގާފައިވެ އެވެ. މި ލޯނުތަކުން އުފެއްދި ދަރަނި ވަކިން ބަލާނަމަ 1.4 ބިލިއަން ޑޮލަރު ފަހަނަ އަޅައިދެ އެވެ.

އިންޑިއާއިން ލޯނު ނަގައިގެން ހިންގާ އެންމެ ބިޔަ މަޝްރޫއު ތިލަމާލެ ބްރިޖު -- މި

ދުނިޔޭގެ މާލީ އިދާރާތާ ތަކުން ލަފާ ދެނީ ރާއްޖޭގެ ދަރަނި ހުންނަން ޖެހޭ އެންމެ ރަނގަޅު މިންގަނޑަކަށް ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 50 ޕަސެންޓުގަ އެވެ. އެކަމަކު މިދިޔަ އަހަރު ނިމުނުއިރު ދަރަނީގެ ނިސްބަތް ޖީޑީޕީގެ ނިސްބަތުން ދަރަނި 120 ޕަސެންޓަށް އުފުލި އޮތީ ބިރުވެރި މަގަކަށް ނުކުމެ އެވެ. 

ދަރަނީ ގްރާފް ދައްކާ ގޮތުގައި ރާއްޖޭގެ ދަރަނި އަހަރުން އަހަރަށް މަހުން މަހަށް ދުވަހުން ދުވަހަށް ސިކުންތުން ސިކުންތައް ދިޔައީ އިތުރު ވަމުންނެވެ. މިދިޔަ ފަސް އަހަރު އެއް ފަރާތަކުން އެންމެ ގިނައިން ލޯނު ނަގާފައި ވަނީ އިންޑިއާއިންނެވެ. އެ ގައުމުން ނެގި ލޯނުތައް އެގްޒިމް ބޭންކުގެ ލޯނަށް އެކަނި ބަލާނަމަ އިންޑިއާއިން ނެގި ލޯނުތަކުގެ އަދަދު ހުރީ 22 ބިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ވިޔަފާރި ކުރާ އެ ގައުމުގެ ގައުމީ ބޭންކް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ރާއްޖޭގެ އެތެރޭގައި އުފެއްދި ދަރަނި ހިމެނުމުން މި އަދަދި ދެ ބިލިއަން ޑޮލަރު (30 ބިލިއަން ރުފިޔާ) ފަހަނަ އަޅާނެ އެވެ. 

ސަރުކާރުގެ ދަރަނީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ފަސް އަހަރު ވެގެން ގޮސްފައި މިވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް ބިރުވެރި ކަމަކަށް ނުމެ ބޮޑުތަން އިތުރުވި ފަސް އަހަރަށެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ހުރީ 121 ބިލިއަން ރުފިޔާގަ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ދަރަނި ވަނީ ޖުމުލަ ދަރަނި 124 ބިލިއަން ރުފިިޔާ އަށް އިތުރުވެފަ އެވެ. މިއީ ތިން މަހުން ދަރަނި އިތުރުވި ވަރަށް ބަލާނަމަ ތިން ބިލިއަން ރުފިޔާ އެވެ. 

މިދިޔަ އަހަރުގެ ނިޔަލަށް ދަރަނި

  •  ޖުމްލަ ދަރަނި - 124 ބިލިއަން ރުފިޔާ
  •  ބޭރުގެ ދަރަނި - 51 ބިލިއަން ރުފިޔާ
  •  އެތެރޭގެ ދަރަނި - 73 ބިލިއަން ރުފިޔާ
  •  ސޮވްރިން ގެރެންޓީ ދީފައިވާ ދަރަނި - 14 ބިލިއަން
  •  ޖީޑީޕީގެ ނިސްބަތުން ގެރެންޓީ ނުހިމަނައި ދަރަނި - 115 ޕަސެންޓް
  •  ޖީޑީޕީގެ ނިސްބަތުން ގެރެންޓީ ހިމަނައިގެން ދަރަނި - 120 ޕަސެންޓް
މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ފިނޭންސް މިނިސްޓްރީ

މިދިޔަ އަހަރު ރާއްޖޭގެ ދަރަނީގެ ތެރޭން ބޭރުގެ ދަރަނި ހުރީ 51 ބިލިއަން ރުފިޔާގަ އެވެ. މި ދަރަނީގެ ތެރޭން މިދިޔަ ފަސް އަހަރު އެންމެ ބޮޑު އަދަދުތަކުން ލޯނު ނަގާފައިވަނީ އިންޑިއާއިންނެވެ. މިދިޔަ ފަސް އަހަރު އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ ނުވަތަ އެގްޒިމް ބޭންކުން ހަ ލޯނެއް ވަނީ ނަގާފަ އެވެ. މީގެ ތެރޭގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރޭން ކުރި މަސައްކަތްތައް ވެސް ހިމެނެ އެވެ. އަދި ރާއްޖޭގައި އޮންނަ އިންޑިއާގެ ގައުމީ ބޭންކް ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ވެސް އިންޑިއާގެ ދަރަނި ވަނީ މަތިވެފަ އެވެ. 

އިންޑިއާގެ ބޮޑެތި ބައެއް ލޯނުތައް

  •  ތިލަމާލެ ބްރިޖު - 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ)
  •  ޕޮލިސް ސްޓޭޝަން އިމާރާތް ކުރަން - 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)
  •  ސްޕޯޓްސް މަޝްރޫއެއް ހިންގަން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ)
  •  ބާކީ ލޯނުތައް - ލައިން އޮފް ކްރެޑިންގައި ހިމަނާފަ

އިންޑިއާގެ ދަރަނި އިތުރުވެގެންދާ އެއް ސަބަބަކީ ރާއްޖޭގެ އެތެރޭގެ ދަރަނީގައި ވެސް އެ ގައުމުގެ ދަރަނީގެ ބޮޑު ބައެއް ހިއްސާ އޮތުމެވެ. ރާއްޖޭގެ އެތެރޭން ދަރަނި މިދިޔަ އަހަރު ހުރީ 73 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި ކޮމާޝަލް ބޭންކްތަކުގެ ދަރަނި ހިމެނެ އެވެ. މި އަދަދު 28 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިބައިގައި އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ދަރަނި ހިމެނިފައިވާނެ އެވެ. 

ދަރަނި އަދާކުރީ ކިހާ ވަރަކަށް؟ މިދިޔަ އަހަރު ނިމުނުއިރު ދަރަނި އަދާކުރަން 3.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މީގެތެރޭގައި ހިމެނެނީ އިންޓެސްޓުގެ ގޮތުގައި ދެއްކި 1,313.7 ބިލިއަން ރުފިޔާއި ޕްރިންސިޕަލް ޕޭމަންޓަށް ދެއްކި 1,860.9 ބިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

2
450
މާރކް
2 months ago

ގުރާފް ނެތް ހިމަނާފައި

އައްޔު
2 months ago

ވަރަށް ޝުކުރުދަންނަވަން އަދި މި ނޫހުން އިންޑިއާގެ ދަރަނި އަދި ޗައިނާގެ ދަރަނި ހިމެނޭހެން ލިޔުމެއް ގެނެސްދީބަލަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.