އާދަމް ޒިޔާން އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ އެއް ވަނަ ދުވަހުގެ ރޭ 11:00 ހާއިރު އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ކުޑަހުވަދޫ / ދާރުއްސަލާމް، އުމުރުން 15 އަހަރުގެ އާދަމް ޒިޔާން މުހައްމަދު، އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފެބުރުވަރީ ދެވަނަ ދުވަހު ރިޕޯޓުކޮށްފައި ވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަަށެވެ.
އާދަމް ޒިޔާން އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ އެއް ވަނަ ދުވަހުގެ ރޭ 11:00 ހާއިރު، އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށް ވެސް ބުންޏެވެ.
ޒިޔާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.