މީހެއްގެ އިހުމާލުން ބަނޑުގައި އޮތް ދަރިފުޅު މަރުވެއްޖެނަމަ ކައްފާރާ ދޭން ޖެހޭނެ: ފަތުވާ

ޣުއްރާ އަކީ މިނިވަނެއްގެ ދިޔައިގެ 10 ބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބަ އެވެ. އެއީ ޖަމަލުން ނަމަ ފަސް ޖަމަލެވެ. ދީނާރުން ނަމަ 50 ދީނާރެވެ. އެއީ ހާލިސް ރަނުގެ 212.5 ގްރާމެވެ. ދިރުހަމުން ނަމަ 500 ދިރުހަމެވެ.

މާބަނޑު އަންހެނެއް: އެހެން މީހެއްގެ އިހުމާލުން ދަރިފުޅު ބަނޑަށް މަރުވެއްޖެނަމަ ދީނުގައި އޮންނަ ހުކުމް ފަތުވާ މަޖިލީހުން ވަނީ ހަނދާކޮށްދީފައި --

ޑޮކްޓަރެއްގެ ފަރުވާ ކުޑަ ކަމުން ނުވަތަ އެހެން މީހަކު ކުރި އަމަލެއްގެ ސަބަބުން މާބަނޑު އަންހެނެއްގެ ބަނޑުގައިވާ ދަރިފުޅު މަރުވެއްޖެނަމަ އިސްލާމީ ޝަރީއަތުގައި އޮންނަ ހުކުމް ފަތުވާ މަޖިލީހުން ހަނދާންކޮށްދީފި އެވެ.

މާޗް 12، 2014 ގައި ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ "މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިއާ ބެހޭ" ފަތުވާ މިއަދު އަނެއްކާ ވެސް އެ މަޖިލީހުން ވަނީ ނެރެފަ އެވެ. 

އެ ފަތުވާގައި ބަޔާންކޮށްފައި ވަނީ، ޑޮކްޓަރެއް ނުވަތަ އެހެން މީހަކު ކުރި އަމަލެއްގެ ސަބަބުން މާބަނޑު އަންހެން މީހާގެ ދަރިފުޅު މަރުވެއްޖެނަމަ އިސްލާމީ ޝަރީއަތުގައި އޮންނަ ހުކުމަކީ، އެކަން ކުރި މީހަކު ކުއްޖާގެ ވާރުތަ ވެރިންނަށް ޣުއްރާއެއްގެ މިންވަރު ދިޔައިގެ ގޮތުގައި ދިނުމާއި ކައްފާރާ ދިނުމެވެ.

ޣުއްރާ އަކީ މިނިވަނެއްގެ ދިޔައިގެ 10 ބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބަ އެވެ. އެއީ ޖަމަލުން ނަމަ ފަސް ޖަމަލެވެ. ދީނާރުން ނަމަ 50 ދީނާރެވެ. އެއީ ހާލިސް ރަނުގެ 212.5 ގްރާމެވެ. ދިރުހަމުން ނަމަ 500 ދިރުހަމެވެ.

"މިއީ ކީރިތި ރަސޫލާގެ އަމަލުފުޅުންނާއި ބަސްފުޅުންނާއި ނިޔާފުޅުން ސާބިތުވާ ގޮތެވެ. ކައްފާރާއަކީ މުއުމިން އަޅަކު މިނިވަން ކުރުމެވެ. މިނިވަންކުރާނޭ މުއުމިން އަޅަކު ނުލިބިއްޖެނަމަ، ވިދިވިދިގެން ހަނދުމަހުން ދެ މަސް ދުވަހު ރޯދަ ހިފުމެވެ. މި ހުކުމް ސާބިތުވަނީ ކީރިތި ގުރުއާނުގެ އައްނިސާ ސޫރަތުގެ 92 ވަނަ އާޔަތުންނެވެ." އެ ފަތުވާގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.