ޑިސެމްބަރަށް ރިޒާވުގައި 588.6 މިލިއަން ޑޮލަރު، ކުޑަ އިތުރުވުމެއް

ޖުމްލަ ރިޒާވް ދަށްވިނަމަވެސް ޔޫޒަބަލް ރިޒާވަށް ކުރިއެރުމެއް ނުލިބެ އެވެ. މައިގަނޑު ސަބަބަކީ ލޯނާއި އިޕޯޓް އިތުރުވުމެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ -- އެޑިޝަން

ޑިސެމްބަރު މަސް ނިމިގެން ދިޔައިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި މިންވަރު، ނޮވެމްބަރު މަހަށްވުރެ ކުޑަތަންކޮޅެއް އިތުރު ވެއްޖެ އެވެ. 

އެމްއެމްއޭ އިން އާއްމުކުރި ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރި ޑޮލަރުގެ އަދަދުތަކަށް ބަލާއިރު ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރީ 581.2 މިލިއަން ޑޮލަރެވެ. ނަމަވެސް ޑިސެމްބަރު މަހު މި އަދަދު ވަނީ 588.6 މިލިއަން ޑޮލަރަށް އިތުރު ވެގެން ގޮސްފަ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ނުވަތަ އެއް ޕަސެންޓުގެ އިތުރުވުމެކެވެ. 

މި އަހަރުގެ ޑިސެމްބަރު މަހު ރިޒާވަށް ކުޑަ އިތުރުވުމެއް އައިނަމަވެސް މި އަދަދަކީ 2022 ވަނަ އަހަރު ރިޒާވްގައި ހުރި 832.1 މިލިއަން ޑޮލަރަށް އަަޅާބަލާނަމަ 243.5 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އެފަހަރު ރިޒާވް މަތިވެގެން ގޮސްފައިވަނީ އިންޑިއާއިން ރާއްޖެއަށް ދިން ބަޖެޓް ސަޕޯޓުގެ ސަބަބުންނެވެ. 

ބޭރު ކުރެވޭ ރިޒާވް ކިހާ ވަރެއް ؟ މިހާރު ޖުމްލަ ރިޒާވްގައި ހުރީ 588.6 މިލިއަން ޑޮލަރެވެ.  މި އަދަދު ކުރު މުއްދަތުގެ ދަރަންޏާއި އިމްޕޯޓަށް ފައިސާ ނެގުމަށް ފަހު މިހާރު ބޭނުންކުރެވޭ ރިޒާވްގައި ހުންނާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރެވެ.

ރިޒާވް މަތިވާނެ ކަމަށް އަންދާޒާ ކުރި - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ މިދިޔަ އަހަރު ނިމޭއިރު މި  ރަސްމީ ޒިވާވް 600 މިލިއަން ޑޮލަރަށްވުރެ މަތީގައި ހުންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އިންތިހާއަށް ހަރަދު ބޮޑުވެ ފައިސާ ޗާޕު ކުރުމުގެ ސަބަބުން މި އަދަދު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. 

ރިޒާވްއަށް ވާ ގޮތް - ރާއްޖޭގެ ރިޒާވްއަކީ ކޮންމެ މަހަކު ދަށްވެ އިތުރުވާ އެއްޗެކެވެ. އޭގެ މައިގަނޑު ސަބަބަކީ ލޯނުތައް އަނބުރާ ދެއްކުން އިތުރުވުމާއި އިމްޕޯޓްއަށް ގިނަ އަދަދެއްގެ ފައިސާ ރިޒާވުން ނަގަން ޖެހުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.