ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމައިދޭން އެދި ޕީޖީން ސިޓީ ފޮނުވަނީ

އަވަހަށް އިންސާފު ގާއިމުވުމަކީ ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއް ކަމަށް ޕީޖީން ބުނެ އެވެ.

ޕީޖީ ހުސައިން ޝަމީމް

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުން އެދި ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވޭ ގޮތަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެއޮފީހުން އިސްނަގައިގެން ދައުލަތުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެ އޮފީހަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އިސްތިރާތީޖީ ގޮތެއްގައި އިންވެސްޓްކޮށްގެން އެއިން ނަފާ ހޯފަމުންދާ މުއައްސަސާއަކަށް ވާތީ މައްސަލައި ގައި އަނިޔާ ލިބުނު މީހާއަށް މައްސަލަ ހިނގަމުންދާ ގޮތާއި ޝެޑިއުލްކުރާ ދުވަސްތަކާއި އެދުވަސްތަކުގައި މައްސަލައަށްވީ ގޮތް ވެބްސައިޓުން ބެލޭނޭ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އޭގެ ބޭނުމަކީ ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާގޮތާ ބެހޭ މައުލޫމާތު ދިނުމާއި އޭނާއަށް އިންސާފު ހޯދައިދިނުމުގައި ދައުލަތުން ކުރާ މަސައްކަތްތައް އޭނާއަށް އަންގައިދީ އެ ކަމުގައި އޭނާގެ ބައިވެރިވުން ވެސް އިތުރު ކުރުން ކަމަށެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ގައި ބަޔާން ކުރާ ގޮތުން އެ ގާނޫނުގެ އެއް މަގްސަދަކީ ގެވެށި އަނިޔާގެ އަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުން ކަމަށާ ގެވެށި އަނިޔާގެ އަމަލަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލޭ ހާލަތު ގައި މައްސަލައިގެ ޝަރީއަތް އަވަހަށް ހިންގައި މައްސަލަ ނިމި އަވަހަށް އިންސާފު ގާއިމުވުމަކީ ގެވެށި އަނިޔާގެ ޢަމަލުގެ ޝިކާރައަކަށްވީ މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ހިމާޔަތް ލިބިދިނުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.

އެހެން ކަމުން އެ އޮފީހުން ދައުވާ ކުރާ ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި ގައި ގާނޫނު ގައި ހުރި މުއްދަތުތަކާ އެއްގޮތަށް ވީ އެންމެ އަވަހަކަށް މައްސަލަ ތާވަލުކޮށްދީ އަދުލުވެރިކަމާއި ތެދުވެރިކަމާއި އަދި މެދުކެނޑުމެއްނެތި ޝަރީއަތް ހިންގުން ގައި ބަޔާންކުރާ ގޮތުގެ މަތިން މެދުކެނޑުމެއް ނެތި މި މައްސަލައިގެ ޝަރީއަތް ހިންގާ މައްސަލަ ނިންމައި ދިނުމަށް އެދި މިބާވަތުގެ ކޮންމެ މައްސަލައެއް ގައި އެ މައްސަލަ އެއް ހުށަހަޅާ ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަން ފަށާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލަ އަކީ ގެވެށި އަނިޔާގެ މައްސަލައެއް ކަމަށް ބެލެވޭ ކޮންމެ މައްސަލަ އެއް ގައި އެ ސިޓީ މިހާރު ދަނީ ތައްޔާރު ކުރެވި ކޯޓަށް ފޮނުވެމުން ކަމަށާ މައްސަލަ ލަސްވެގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ ފަހުން މީހަކު ބެލިޔަސް، އެ މުއާމަލާތުތައް ފެންނަން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

"މީގެ ބޭނުމަކީ ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައްދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ،" ޕީޖީ އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.