ޗައިނާ ސަރުކާރުން 200 ސްކޮލަޝިޕް ދެނީ ހަމައެކަނި ދިވެހިންނަކަށް ނޫން

މި ސްކޮލަޝިޕަށް ކުރިމަތިލާން ބޭނުންވާ ދިވެހިންނަށް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފައި ވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ޗައިނާގެ 78 ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ދަސްވެނިވުމުގެ ފޮޓޯއެއް: ޗައިނާއިން ވަނީ 200 ސްކޮލިޝިޕަށް ހުޅުވާލާފައި، އެއީ ހަމައެކަނި ދިވެހިންނަކަށް ނޫން --

ޗައިނީސް ސްކޮލަޝިޕް ކައުންސިލުން ހިންގާ "ޔޫތް އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ" ގެ ދަށުން 200 ސްކޮލިޝިޕަށް އެދި ހުޅުވާލީ ހަމައެކަނި ދިވެހިންނަށް ނޫން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޗައިނީސް ސްކޮލަޝިޕް ކައުންސިލުން ހިންގާ "ޔޫތް އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް" ގެ ދަށުން ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާނެއް ކޮށްފަ އެވެ. އެ އިއުލާނު ކުރުމާއެކު އެއީ ހަމައެކަނި ދިވެހިންނަށް އޮތް ފުރުސަތެއް ކަމަށް ހީވެފައި އޮތުމުން މިއަދު އެ މިނިސްޓްރީން ވަނީ އެކަން ސާފުކޮށްދީފަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕް ސްކީމްގެ ދަށުން ޗައިނާގައި ހިންގާ މާސްޓާސް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ވެސް އޮތް ކަމަށް އެގައުމުން އަންގާފައިވާ ކަމަށެވެ. އަދި، އެއީ ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ހުޅުވާލި 200 ސްކޮލަޝިޕް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

މި ސްކޮލަޝިޕަށް ކުރިމަތިލާން ބޭނުންވާ ދިވެހިންނަށް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފައި ވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ޗައިނާގެ 78 ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ޗައިނާގައި މާސްޓާސްއަށް ކިޔެވުމަށް ފުރުސަތު ހުޅުވާލާފައި ވާއިރު، އެ ގައުމުގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގައުމުން ތައުލީމީ ދާއިރާއަށް އެހީވާން ނިންމާފައިވާ ކަން އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ގިނަ ސްކޮލަޝިޕް ފުރުސަތުތައް ފަހިކޮށްދޭން އެއްބަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.