އާ މާރުކޭޓާއެކު ބިދޭސީން ވިޔަފާރިކުރާ މައްސަލަ ހައްލުވާނެ: ރައީސް

"އާ މާރުކޭޓް އެޅިގެން ދާއިރު އެއްކޮށް އިރާދަ ކުރެއްވިއްޔާ ތިކަން [ބިދޭސީންގެ މައްސަލަ] ހައްލުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ބިދޭސީއެއް މާރުކޭޓް ގޮޅިއެއްގައި: މާރުކޭޓްގައި ބިދޭސީން ވިޔަފާރި ކުރާ މައްސަލައަށް ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި -- މި

އާ މާރުކޭޓް އިމާރާތް އެޅުމާއެކު ބިދޭސީން މާރުކޭޓުތަކުގައި ވިޔަފާރި ކުރާ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސިލްސިލާކޮށް އާންމުންގެ ފަރާތުން ކުރާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަބްދުﷲ އިންރާހިމް މަނިކު ކިޔާ މީހަކު ރައީސްއާ ސުވާލު ކުރީ މާލޭގައި ހުރި މާރުކޭޓްތަކުގެ ހާލަތު ހުރި ގޮތުންނާއި އަދި އެތަންތަން ބިދޭސީން އޮޕަރޭޓް ކުރާތީ އެކަމަށް ހައްލެއް އަންނާނީ ކޮންއިރަކުންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓު މިހާރު ހުރީ އެއްގޮތަކަށް ވެސް އެންމެ އެކަށީގެންވާ ފެންވަރެއްގައި ނޫން ކަމަށެވެ. ލޯކަލް މާރުކޭޓް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ ހަތަރު ބުރީގެ އާ މާރުކޭޓް އެޅުމުން ހުރިހާ ކަމަކަށް ވެސް ހައްލު ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން، އެތަން ވެގެން ދާނީ ސާފުތާރިހު އަދި ޖާގަ ތަނަވަސް ތަނަކަށް ކަމަށާއި، އެތަން އެޅުމަށް މާލެ ސިޓީ ކައުންސިލަށް ހުރިހާ މަގެއް ފަހި ކޮށްދީފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވީ އެތަނުގައި ބިދޭސީން ވިޔަފާރި ކުރާ މައްސަލައަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ދިވެހިންނަށް ދޫކުރާ ގޮޅިތަކުގެ ކޮންޓްރޯލް ބިދޭސީން ނަގައިގެން އުޅޭކަން ވެސް ފާހަގަކުރެއްވި އެވެ. އެކަން ހައްލުކުރަން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އާ މާރުކޭޓް އެޅިގެން ދާއިރު އެއްކޮށް އިރާދަ ކުރެއްވިއްޔާ ތިކަން [ބިދޭސީންގެ މައްސަލަ] ހައްލުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރޯދަ މަސް ނިމުމާ އެކު އާ މަސްމާރުކޭޓް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވަނީ ކުރިން އިއުލާނު ކުރައްވާފަ އެވެ.

އާ މަސް މާރުކޭޓް އެޅުމަކީ ރައީސް މުއިއްޒު، މާލެ ސިޓީގެ މޭޔަރަކަށް ހުންނަވާ ކުރައްވަން ޕްލޭން ކުރެއްވި މަސައްކަތްޕުޅެކެވެ. ނަމަވެސް ސަރުކާރުގެ އެއްބާރުލުން ނުލިބި އެ މަސައްކަތް އޭރު ކުރެވޭ ގޮތް ނުވީ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.