ރައީސް ދެއްވީ ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދޭނެ ކަމުގެ ޔަގީންކަން

ރައީސް ވަނީ އެއީ ސަރުކާރުގެ ޕްލޭން ގައި އޮތް ކަމެއް ކަމަށް ވިދާޅުވެ ވިލިމާލެ މޫދު ސަރަހައްދު ހިމާޔަތް ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ވިލިމާލެ

ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކަމުގެ ޔަގީންކަން ދެއްވީ އާންމުންގެ ސުވާލުތަކަށް ސޯޝަލް މީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ފެށި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ސުވާލު ރައީސާއި ކުރެއްވީ ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ސެޓިފައިޑް ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް (ޒޫންޓި) އެވެ.

އޭނާ ވަނީ ވިލިމާލޭ ގައި މޫދަށް އެރެން އޮތް ސަރަަހައްދަކީ ގްރޭޓާ މާލެ ސަރަހައްދުން މިހާރު މޫދަށް އެެރެން އޮތް ހަމައެކަނި ސަރަހައްދުކަން ފާހަގަ ކުރައްވާ އެތަން ހިމާޔަތްކޮށް މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް އެދިފައެވެ. އެ ސަރަހައްދުން ބައެއް ދޯނިތައް ދަތުރުކުރާ ކަމަށާ މަސް ހިފުން ފަދަ ކަންކަމުގައި މީހުން އުޅޭތީ ހަގީގީ މާނާ ގައި އެއީ މޫދަށް އެރޭން ހާއްސަ ސަރަހައްދަކަށް ހެދުމަށް ވެސް އެދިފައިވެ އެވެ.

އެ ސުވާލާއި ގުޅިގެން ރައީސް ވަނީ އެއީ ސަރުކާރުގެ ޕްލޭން ގައި އޮތް ކަމެއް ކަމަށް ވިދާޅުވެ ވިލިމާލެ މޫދު ސަރަހައްދު ހިމާޔަތް ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ވެސް ވިދާޅުވީ އެއީ ވަރަށް ގިނަ ބަޔަކަށް ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޑައިވަރުން ތަމްރީން ކުރުން ފަދަ ކަންކަމަށް ހާއްސަކޮށްގެން ދިގު މުއްދަތަކަށް ބިން ދޫކުރެވޭނެ ގޮތެއް ވުމަކީ ވެސް ވަރަށް ބޮޑު އެދުމެއް ކަމަށް ޒޫނާ ވަނީ ބުނެފައެވެ. އެ ފުރުސަތު ހުޅުމާޅެ އެކޭ އެއްގޮތަށް ވިލިމާލޭ ގައި ވެސް ފަހި ވުން ބޭނުންވާ ކަމަށް ބުންޏެވެ.

ރައީސް ވަނީ އެ ފުރުސަތު އޮތް މިންވަރަކުން އެކަންކަން ތަނަވަސް ކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.