ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ދެން ދަތުރު ކުރާނީ ހައިސްޕީޑް ޓްރެއިން ގައި

"ކުރިއަށް ރާވާފައިވާ ހުރިހާ އުމްރާ ދަތުރު ތަކެއްގައި ވެސް މަދީނާ ދަތުރު ކުރާނީ ޓްރެއިން ގައި ކަން އަޅުގަނޑުމެން އުފަލާ އެކު ފާހަގަ ކުރަމެވެ،"

ހަރަމައިން ހައިސްޕީޑް ޓްރެއިން

ހައްޖު ކޯޕަރޭޝަނުންގެ ހަވާލު ގައި އުމްރާއަށްދާ މީހުން މައްކާ އިން މަދީނާ އަށް އަދި މަދީނާ އިން މައްކާ އަށް ބަހު ގައި ދަތުރުކުރުމުގެ ބަދަލުގައި ހަރަމަ އިން ހައިސްޕީޑް ޓްރެއިން ބޭނުން ކުރަން ނިންމައިފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނީ ހައިސްޕީޑް ޓްރެއިން ބޭނުން ކުރަން ނިންމި ނަމަވެސް އެ ހިދުމަތަށް އިތުރު އަގަކާއި ނުލާ ކަމަށެވެ.

"ކުރިއަށް ރާވާފައިވާ ހުރިހާ އުމްރާ ދަތުރު ތަކެއްގައި ވެސް މަދީނާ ދަތުރު ކުރާނީ ޓްރެއިން ގައި ކަން އަޅުގަނޑުމެން އުފަލާ އެކު ފާހަގަ ކުރަމެވެ،"

މިކަމުގެ ސަބަބުން އުމްރާވެރިން މަދީނާ ދަތުރު ގައި ތަހައްމަލު ކުރަމުން ދިޔަ ބުރައަށް ވަރަށް ބޮޑު ލުއި ކަމެއް ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ދިވެހި އުމްރާވެރީން މައްކާ އިން މަދީނާ އަށް އަދި މަދީނާ އިން މައްކާ އަށް ދަތުރު ކުރަނީ ބަހު ގައެވެ. އެއީ އަށެއްކަ ގަޑިއިރުގެ ދިގު ދަތުރެކެވެ. އެ ދަތުރު ގައި ކެއުމާއި ނަމާދު ކުރުމަށް މަޑު ކުރަން ޖެހެ އެވެ. ނަމަވެސް ހައިސްޕީޑް ޓްރެއިންގެ ސަބަބުން އަށް ގަޑިއިރުގެ ދަތުރު ދެ ގަޑިއިރަށް ވަނީ ކުރުވެފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.