އިންޑިއާ ސިފައިން ދޯނީގައި އުޅޭ ވީޑިއޯއެއް ؛ ތިބީ ހަތިޔާރާއެކު

އިންޑިއާ ސިފައިން ރާއްޖޭގެ މަސް ދޯންޏަށް އަރާފައިވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދަނިކޮށެވެ.

ރާއްޖޭގެ ދޯންޏަށް އެރި އިންޑިއާގެ ސިފައިންގެ އުޅަނދު

އިންޑިއާގެ ކަނޑުގެ ސިފައިން ރާއްޖޭގެ ތިން މަސް ދޯންޏަކަށް އަރައި ހަރަކާތްތެރިވި މަންޒަރު ފެންނަ ވީޑިއޯތަކެއް ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން އާއްމުކޮށްފި އެވެ. 

އިންޑިއާ ސިފައިގެން ދިވެހި މަސް ދޯންޏަކަށް އަރައި ހަރަކާތްތެރިވަމުން ގެންދާ މި ވީޑިއޯތަކުން ފެންނަ ގޮތުގައި އެމީހުން ވަނީ މަހިބަދޫ އަސަރުމާ-3 ދޯންޏާއި ނިރު-ހަތެއް އަދި މާހޯރާ-3 ދޯންޏަށް އަރާ ހަރަކާތްތެރިވާ މަންޒަރެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ދޯނި ކައިރީގައި އިންޑިއާގެ ކަނޑުގެ ސިފައިގެން ދެ އުޅަނދެއް ވެސް އޮންނަތަން ފެނެ އެވެ. އަދި ސިފައިންގެ ދެ އުޅަނދުގެ ކައިރީގައި މަސް ދޯނިތައް އޮތީ ދާދި ކައިރީ ގައެވެ.

ފުރަތަމަ އާންމު ކުރި ވީޑިއޯ ނަގާފައިވަނީ އަސުރުމާ ދޯނީގެ ފަޅުވެރި އެވެ. ބެލޭ ގޮތުގައި އެއި އެ ދޯނީގެ ކެޔޮޅެވެ. އޭނާ ވީޑިއޯގައި ނަގަމުން ދިޔައިރު މަންޒަރު ސިފަކޮށްދެމުން ގެންދަމުން ބުނި ގޮތުގައި ދޯނީގެ ފަޅުވެރިން ވަނީ ފަހަތަށް ގެންގޮސްފަ އެވެ. މަންޒަރުން ފެންނަ ގޮތުގައި އެކަކުގެ އަތުގައި ބަޑިއެއް އޮތެވެ. އަދި އަނެއް މީހާއަކީ ބެލެވޭ ގޮތުގައި އިންޑިއާ ސިފައިންގެ އުޅަނދާ ކޮމިއުކޭޓް ކުރާ އޮފިސަރެވެ. އޭނާ އަތުގައި ޓޯކީ އާއަކާއި ބޯޓޮ ފޮތެއް އޮތެވެ. 

ރާއްޖޭގެ ދޯންޏަށް އެރި އިންޑިއާގެ ސިފައިންގެ އުޅަނދު

ކަންނެލި ޔޫނިއަން އިން ބުނެފައިވާ ގޮތުގައި މި ދޯންޏަށް އިންޑިއާ ސިފައިން އެރިއިރު އެ ދޯނި އޮތް ޖީޕީއެސް ކޯޑިނޭޝަންއަކީ 07.30.170 74.18.092 އެވެ. މިއީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ އެތެރެ އެވެ.  ކުރިން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ ސިފައިން ރާއްޖޭގެ މަސްވެރި އުޅަނދުފަހަރަށް އަރާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭން ކަމަށް ބުނެފަ އެވެ.

ބައެއް އެހެން ދޯނިތަކުގައި ތިބި މީހުން ވެސް ވީޑިއޯ ކޮށްފައެވެ. އެ ވީޑިއޯތައް ވެސް މިހާރު ވަނީ އެ ޔޫނިއަން އިން އާންމު ކޮށްފައެވެ.

ކޮމެންޓް

1
450
އެއީސުމެއް
3 months ago

މި އިންޑިޔާގެ ސިފައިން ރާއްޖޭގެ ބިމުން ބޭލުމުގެ މަސައްކަތް އަވަސްކޮށް އަވަހަށް ބޭރުކުރަންވީ. މި މީހުންނާމެދު ދުނިޔޭގެ ހައިކޯޓުން މައްސަލަ ބަލަން ހުށައަޅަވީ އަވަހަށް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.