ދެ މަސް | ލޯނުތަކަށް 373.6 މިލިއަން ރުފިޔާ ދައްކައިފި

މިހާރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރި 113 ބިލިއަން ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ ބޮޑު އަދަދެކެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު އަދި ފައިނޭންޝަލް އެޑްވައިޒަރު މުނައްވަރު އަދި އެ މިނިސްޓްރީގެ އިސްވެރިން -- ފިނޭންސް

ވޭތުވެދިޔަ ދެ މަސްތެރޭ ސަރުކަރުން ލޯނުތަކަށް 373.6 މިލިއަން ރުފިޔާ ދައްކައިފި އެވެ. 

ފިނޭންސުން ނެރޭ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން ދެ މަސްތެރޭ މި އަހަރުގެ މިހާތަނަށް ލޯނުތަކަށް 373.6 މިލިއަން ރުފިޔާ ދައްކާފައިވާއިރު، މިދިޔަ އަހަރު މި އަދަދު ހުރީ 367.1 މިލިއަން ރުފިޔާގަ އެވެ. 

މި އަހަރު ސަރުކާރުން ވަނީ ލޯނުތަކަށް 2,202.4 ބިލިއަން ރުފިޔާ ދައްކަން ބަޖެޓުކޮށްފަ އެވެ. 

ލޯނުތަކަށް އިތުރުވީ ކިހާ ވަރެއް ؟ ފިނޭންސުން އާއްމުކުރި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ދަރަނި ގްރާފް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރާ ދެމެދު ހަތަރު ބިލިއަންގެ ދަރަނި އިތުރުކޮށްފައިވެ އެވެ. އަދި ދެވަނަ ކުއާޓަރާއި ތިންވަނަ ކުއާޓަރާ ގައި ދެ ބިލިއަން ރުފިޔާގެ ދަރަންޏެއް ޖުމްލަކޮށް އިތުރުކޮށްފައިވާ ކަމަށް ދައްކަ އެވެ. 

ރާއްޖޭގެ ދަރަނި އިތުރު ވަމުން ދިޔަ ގޮތް

  • މި އަހަރުގެ ފުރަތަމަ ކުއާޓަރު - 112 ބިލިއަން ރުފިޔާ
  • މި އަހަރުގެ ދެވަނަ ކުއާޓަރު - 116 ބިލިއަން ރުފިޔާ
  • މި އަހަރުގެ ތިންވަނަ ކުއާޓަރު - 118 ބިލިއަން ރުފިޔާ

ފިނޭންސުގެ ރިޕޯޓް ދައްކާ ގޮތުގައި ރާއްޖޭގެ އެތެރޭގެ ދަރަނި ވެސް ވަނީ މަތިވެ ހައްދުން ނައްޓާލާފަ އެވެ. އަދި ބޭރުގެ ދަރަނި ވެސް ވަނީ ބޮޑުތަނުން މަތިވެގެން ގޮސްފަ އެވެ

ތިންވަނަ ކުއާޓަރާ ހަމައަށް ދަަރަނި

  •  ބޭރުގެ ދަރަނި - 51 ބިލިއަން
  •  އެތެރޭގެ ދަރަނި - 68 ބިލިއަން ރުފިޔާ

މިދިޔަ ފެށުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނި ހުރިކަމަށް ދައްކަނީ 47 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 51 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. ބޭރުގެ ދަރަންޏަށް މިދިޔަ އަހަރުގެ ތިން ކުއާޓަރަށް ބަލާނަމަ އެވްރެޖުކޮށް ތިން ބިލިއަން ރުފިޔާ ވަނީ އިތުރުކޮށްފަ އެވެ. އެތެރޭގެ ދަރަންޏަށް ވެސް އެއްރެޖުކޮށް ތިން ބިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެއް އިތުރުކޮށްފައިވެ އެވެ. މި ހިސާބުތަށް ރާއްޖޭގެ އެތެރޭގެ ދަރަންޏަށްވުރެ ބޭރުގެ ދަރަނި ކުޑަ ކަމަށް ދެއްކިނަމަވެސް އެތެރޭގެ ދަރަނީގެ ބޮޑު ބައެއްވެސް ހިއްސާ ކުރަނީ ބޭރުގެ ފަރާތްތަކުންނެވެ. ސަބަބަކީ އެތެރޭގެ ދަރަނީގެ ބޮޑު ބައެއް ޓީ ބިލް ހިމަނާފައިވުމެވެ. ޓީބިލްގެ ސަބަބުން ތިންވަނަ ކުއާޓަރާ ހަމައަށް ބަލާނަމަ އެކްސްޓާނަލް ބޮންޑްހޯލްޑާގެ އައުޓްސްޓޭންޓިން ހަތް ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާ ކަމަށް ދައްކަ އެވެ. 

މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖޭގެ ލޯނުތަކުގެ ޖުމްލަ އަދަދު އުޅެނީ 113 ބިލިއަން ރުފިޔާގަ އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ދަރަނި ހިމަނައިގެން ބަލައިފިނަމަ މި ދަރަނި 130 ބިލިއަން ރުފިޔާ ފަހަނަ އަޅާދެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.