ޖެލީފިޝް މޫސުން: މޫދަށް އެރުމުގައި ސަމާލުވާން އެދިއްޖެ

ޖެލީފިޝް ޖެހުމުން ދިލަނެގުމުގެ އިތުރުން ހަންގަނޑުގެ ކުލަ ބަދަލުވެ ހިރުވާނެ އެވެ. އެފަދަ ހާލަތުގައި ނުރައްކާ ވެދާނެ އަލާމަތްތަކެއް ވެސް ހުރެ އެވެ.

ޖެލީފިޝް

މިއީ ޖެލީފިޝް ފެންނަ މޫސުމުން ކަމުން މޫދަށް އެރި އެޅުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި އެވެ.

މި މޫސުމު ގައި ރާއްޖޭގެ ކަނޑުތަކާއި މޫދުތަކުން ވެސް ވަރަށް ގިނަ އަދަދަކަށް ޖެލީފިޝް ފެނެ އެވެ. ބައެއް ބާވަތްތަކުގެ ޖެލީފިޝް އަކީ އެ ޖެހުމުން ވަރަށް ބޮޑަށް ދިލަ ނަގާ އަދި އިތުުރު ބައެއް އުނދަގޫތައް ކުރުވާ އެއްޗެކެވެ.

ޖެލީފިޝް ޖެހުމުން ދިލަނެގުމުގެ އިތުރުން ހަންގަނޑުގެ ކުލަ ބަދަލުވެ ހިރުވާނެ އެވެ. އެފަދަ ހާލަތުގައި ނުރައްކާ ވެދާނެ އަލާމަތްތަކެއް ވެސް ހުރެ އެވެ.

  •  ވިހަވި ތަނަށް އާދަޔާ ހިލާފަށް ތަދުވުން
  •  އަކުނިވަޔަށް ދެމުން
  •  ބޯ އަނބުރާ ހޮނޑުލެވުން
  •  އާދަޔާ ހިލާފަށް ދާހިއްލާ މޭގައި ރިއްސުން
  •  ކަރުބެެދި ނޭވާލާން އުނދަގޫވުން

ޖެލީފިޝް ޖެހިއްޖެނަމަ އަވަހަށް އެއްގަމަށް އަރާ ވިހައިގެ އަސަރުކޮށްފައިވާ ތަންތަނަށް 30 ސިކުންތު ވަންދެން ލޮނުފެން އަޅާ ދޮވެލަން ސިއްހީ އެހީތެރިކަން ލަފާ ދެ އެވެ. އެއީ ވިހައިގެ އަސަރު ކުރުން ހުއްޓުވާން ކުރާ ކަމެކެވެ.

ވިހައިގެ އަސަރު ކުރި ތަންތަން ދޮންނަން ސާފު ފެން ބޭނުން ނުކުރަން ވެސް އެދެ އެވެ. އަދި ޓުވީޒަރެއް ފަދަ އެއްޗަކުން ހަންގަނޑަށް ހެރިފައިވާ ބައި ނެގުމަށާއި ވިހައިގެ އަސަރު ކެނޑުވުމަށް ތާފަނާ ފެންނަށް ލައިގެން 30 މިނެޓް މަޑު ކުރުމުން ވެސް އެކަމުގެ ފަރުވާއަށް ފުދެ އެވެ.

އެޗްޕީއޭ އިން ވަނީ ވިހައިގެ އަސަރުކުރި ތަންތަނުގައި ރިއްސާ ނުވަތަ ނުރައްކާތެރި އެއްވެސް އަލާމަތެއް ހުރި ނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދަން އެދިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.