ކޯޓްގައި ހިނގި މައްސަލައަކާއި ގުޅިގެން ނުރައްކާ އޮތުމުން ޝަމީމަށް ކުރީން ސެކިއުރިޓީ ދިން

"ކޯޓްގައި ހިނގި މައްސަލައަކާއި ގުޅިގެން އޭރު އަޅުގަނޑުމެން ހެދި ތްރެޓް އެސެސްމަންޓެއް ގައި ޕީޖީ އަށް ސެކިއުރިޓީ ފޯރުކޮށް ދެވެމުން ދިޔަ. އެކަން ނިމުނީމަ ސެކިއުރިޓީ ފޯރުކޮށް ދިނުން ހުއްޓާލާފައި ވަނީ،"

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް: ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި

ކޯޓްގައި ހިނގި މައްސަލައަކާއި ގުޅިގެން ނުރައްކަލެއް އޮތް ކަމަށް ފެނިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ކުރީން ސެކިއުރިޓީ ފޯރުކޮށް ދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

އިއްޔެ ހެނދުނުގެ ވަގުތެއް ގައި ޝަމީމަށް، މަގުމަތީން ބަޔަކު ވަނީ ހަމަލާ ދީފައެވެ. މަރުތޭލަކުން ހަމަލާ ދީ ޝަމީމް ޒަހަމުކޮށްލި އިރު އަރިހުގައި ސެކިއުރިޓީން ނެތެވެ.

ޝަމީމަށް ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާ ކުުރުމަށް ފުލުުހުން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ތަންކޮޅެއް ކުރީން ޝަމީމަށް ސެކިއުރިޓީ ފޯރުކޮށް ދީފައިވާ ކަމަށެވެ.

ނަމަވެސް އެއީ ސީދާ ކޮން ދުވަސްވަރެއް ކަމެއް ވިދާޅެއް ނުވެ އެވެ. އޭރު ސެކިއުރިޓީ ފޯރުކޮށް ދިނީ ކޯޓްގައި ހިނގި މައްސަލަ އަކާއި ގުޅިގެން ނުރައްކާ އޮތް މިންވަރު ބެލުމަށް ހެދި އެސެސްމަންޓެއް ގައި ޝަމީމަށް ސެކިއުރިޓީ ދޭން ޖެހޭ ކަމަށް ފުލުުހުންނަށް ގަބޫލު ކުރެވިގެން ކަމަށް ވިދާޅުވި އެވެ.

އިއްޔެގެ ހަމަލާ އަމާޒު ކޮށްފައި ވަނީ ކުރީގެ ހާދިސާއާ ގުޅިގެން ސެކިއުރިޓީ ދިނުން ހުއްޓާލާފައި އޮއްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތަންކޮޅެއް ކުރީގައި ޕީޖީ... އެ ދުވަސްވަރު ކޯޓްގައި ހިނގި މައްސަލައަކާއި ގުޅިގެން އޭރު އަޅުގަނޑުމެން ހެދި ތްރެޓް އެސެސްމަންޓެއް ގައި ޕީޖީ އަށް ސެކިއުރިޓީ ފޯރުކޮށް ދެވެމުން ދިޔަ. އެހެން ނަމަވެސް އެއަށް ފަހު އެކަން ނިމުނީމަ ސެކިއުރިޓީ ފޯރުކޮށް ދިނުން ހުއްޓާލާފައި ވަނީ،" ކޮމިޝަނަރު ޝުޖާއު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.