އިސް ވެރިންނަށް 24 ގަޑިއިރު ސެކިއުރިޓީ ދޭން ޖެހޭ: ސީޕީ

ސީޕީ ވިދާޅުވީ މިފަދަ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތްރެޓް އެސެސްމެންޓެއް ހައްދަވާނެ ކަމަށެވެ. ތްރެޓެއް އޮތް ނަމަ ސެކިއުރިޓީ ދެއްވާނެ ކަމަށެވެ.

ކޮމިޝަނާ އޮޕް ޕޮލިސް އަލީ ޝުޖާއު: އިސް ވެރިންނަށް 24 ގަޑިއިރު ސެކިއުރިޓީ ލިބެން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައި --

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް 24 ގަޑިއިރު ސެކިއުރިޓީގެ ހިދުމަތް ދޭން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އިއްޔެ ދިން ހަމަލާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ ސެކިއުރިޓީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ލިބިގަންނަ ފަރާތްތައް އަމަލު ކުރާނެ ވަކި އުސޫލުތަކެއް ހަދާފައިވާ ކަމަށެވެ. އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ ސެކިއުރިޓީ ލިބޭ ފަރާތަށް އޮންނަ އިހުތިޔާރެއް ނޫން ކަމަށެވެ.

ސީޕީ ވިދާޅުވީ މި ހާދިސާ ހިނގުމާ ހަމަޔަށް ޕީޖީ ޝަމީމް ސެކިއުރިޓީގެ ހިދުމަތް ހޯއްދަވާފައި ނުވާ ކަމަށެވެ. ހަމަލާ ދިންއިރު ސެކިއުރިޓީގެ ގޮތުގައި މީހަކު ނެތީ އެހެންވެގެންނެވެ. ނަމަވެސް ހަމަލާއަށްފަހު މިހާރު ޝަމީމްގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ މިފަދަ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ތްރެޓް އެސެސްމެންޓެއް ހައްދަވާ ކަމަށެވެ. ތްރެޓެއް އޮތް ނަމަ ސެކިއުރިޓީ ދެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ތްރެޓެއް ނެތް ނަމަވެސް އެބޭފުޅުނަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޝަމީމަށް ހަމަލާ ދީފައި ވަނީ މޫނު ނިވާކޮށްގެން އައި ދެ މީހެކެވެ. އެ ދެ މީހުން ހަމަލާ ދިނީ ސައިކަލެއްގައި ދަމުންނެވެ. ނަމަވެސް މިހާރު ފުލުހުން ވަނީ އެއީ ކޮން ބައެއްކަން ދެނެގަނެ އެމީހުން ހައްޔަރުކޮށްފަ އެވެ.

މީގެ ކުރިން މޭ 6، 2021 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވަނީ ބޮމުގެ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި ވެސް އެންމެ ބޮޑަށް ސުވާލު އުފެއްދީ އަމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވުމާ ގުޅޭ ގޮތުންނެވެ. އެމަނިކުފާނުގެ ބޮޑީގާޑުން ތިއްބެވި ނަމަވެސް އުޅުއްވަނީ އެ ބޭފުޅުންނަށް އެކަހެރިކޮށެވެ. ނަމަވެސް އެ ހާދިސާއަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވެސް ދައުލަތުން ވަނީ ވަރުގަދަ ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.