މަސްދޯންޏަށް ބޭރު ސިފައިން އެރުން: އިންޑިއާ ނޫނީ ލަންކާގެ ބައިވެރިވުމެއް އޮތްތޯ ބަލަން އެމްޑީޕީން ގޮވާލައިފި

އިންޑިއާއާ ސްރީލަންކާ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެކެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުން ދިޔަ އދ. މަހިބަދޫ އަސުރުމާތިނެއް ދޯންޏަށް ބޭރު ގައުމެއްގެ ކަނޑުގެ ސިފައިން އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާ ކަމަށް ރިޕޯޓް ލިބިފައިވާތީ އެކަމާއި އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީން މިރޭ ނެރެފައިވާ ބަޔާނެއް ގައި ބުނެފައި ވަނީ މި މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް އެ ޕާޓީން ގޮވާލާ ކަމަށެވެ. އަދި ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މިކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

"ރާއްޖޭގެ އީއީޒެޑް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި ވަނީ މޯލްޑިވިއަން ނޭޝަނަލް ޑިފެންސް ފޯސް [އެމްއެންޑީއެފް] އަށް ކަމަށްވާއިރު މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާއި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ހެދުމަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އދ. މަހިބަދޫ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް އެ ދޯންނަށް ސިފައިންގެ ބަޔަކު އަރާފައިވާ އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް ގެނައީ ބޮޑުކަންނެލި މަސްވެެެރީންގެ ޔޫނިއަން އިންނެވެ.

ބޮޑުކަންނެލި މަސްވެެެރީންގެ ޔޫނިއަން އިން ބުނީ އުތުރުގައި މަސްވެރިކަން ކުރަމުން އައި ތިން ދޯންޏަކަށް އިންޑިއާގެ ދެ ކޯސްޓްގާޑެއް ކައިރިކޮށް ސިފައިން އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ދޯނި ފަހަރަށް ސިފައިން އެރިއިރު އެ މީހުންގެ އަތުގައި ހަތިޔާރު ވެސް ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަހިބަދޫ އަސުރުމާ-3 ދޯންޏަށް އިންޑިއާ ސިފައިންގެ މަނަވަރެއް ކައިރިކޮށް އެ ދޯންނަށް ސިފައިންގެ ބަޔަކު އަރާފައިވާ މައުލޫމާތު ފެތުރި އާންމުންނާއި މަސްވެެރީން ކަންބޮޑުވުން ފާޅު ކުރަން ފެށުމުން ސިފައިން ބުނީ އެފަދަ ހާދިސާއެެއްގެ މައުލޫމާތު ލިބިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި އެ ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް ދަތުރު ކުރަމުންދާ ކަމަށެވެ. އެ މައުލޫމާތު ދިނީ ހަތަރެއް ޖަހަން އުޅެނިކޮށެވެ. ނަމަވެސް އޭގެ ފަހުން އެ ހާދިސާގެ އެއްވެސް މައުލޫމާތެއް ނުދެ އެވެ.   

ކޮމެންޓް

1
450
ވަހީދާ
2 months ago

އެމްޑީޕީ ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ އިންޑިޔާ ބޭނުންއިރަކު ރާއްޖެއެއަށް ބޭނުންގޮތެއް ހެދިދާނޭ. އޭރު ކަލާމެން ޗުއްޕުނުބުނެ ތިބީ ކީއްވެގެން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.