ނަޝީދުގެ ދިރިއުޅުން ވަގުތީ ގޮތުން ގާނާއަށް ބަދަލު ކުރައްވައިފި

ނަޝީދު ވަގުތީ ގޮތުން ގާނާއަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފައި މިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުން ދުރައްޖެހިވަޑައިގެން ހުންނެވި ދަނޑިވަޅެއްގަ އެވެ. ގާނާއަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެމަނިކުފާނު އުޅުއްވީ ރާއްޖޭން ބޭރުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ވަގުތީ ގޮތުން ވަނީ ގާނާއަށް ދިރިއުޅުން ބަދަލުކުރައްވާފައި --

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އަދާ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަގުތީ ގޮތުން ގާނާއަށް ދިރިއުޅުން ބަދަލު ކުރައްވައިފި އެވެ.

ނަޝީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓަކުން ވަނީ ގާނާގެ އަކްރާއަށް ވަޑައިގެންފައިވާކަން އިއުލާނު ކުރައްވާފަ އެވެ. ވިދާޅުވީ އެ ސިޓީއަކީ ކުރިއަށް އޮތް މަދު އަހަރުގައި އެމަނިކުފާނުގެ ގެކޮޅު ކަމަށެވެ. ސީވީއެފްގެ މިހާރުގެ ރިޔާސަތު ހިންގަނީ ގާނާގަ އެވެ.

ނަޝީދުގެ އެ ޕޯސްޓްގައި އިތުރަށް ފާހަގަ ކުރައްވާފައި ވަނީ ސީވީއެފްއަށް އިންވެސްޓްމެންޓްތައް ހޯދުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ސީވީއެފްގެ އެސްޖީގެ މަގާމަށް ނަޝީދު އައްޔަނު ކުރައްވާފައި ވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު އެވެ. އެމަނިކުފާނު އެ މަގާމާ ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެވެ.

ނަޝީދު ވަގުތީ ގޮތުން ގާނާއަށް ދިރިއުޅުއްވުން ބަދަލު ކުރައްވާފައި މިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުން ދުރައްޖެހިވަޑައިގެން ހުންނެވި ދަނޑިވަޅެއްގަ އެވެ. ގާނާއަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އެމަނިކުފާނު އުޅުއްވީ ރާއްޖޭން ބޭރުގަ އެވެ.

މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ދެން މަޖިލީހަށް ވެސް ވާދަ ނުކުރައްވާނެ އެވެ. 

ކްލައިމެޓް ވަލްނެރަބަލް ފޯރަމް - ސީވީއެފަކީ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ އެކި މައްސަލަތަކަށް ވަކާލާތު ކުރަން އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފެއްދީ ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ރާއްޖެ އާއި އެ މަނިކުފާނު އިސް ރޯލެއް އަދާ ކޮށްގެނެވެ. ބައިނަލްއަގުވާމީ އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުގެ އަދަދު މިހާރު 55 އަށް އަރަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.