ރާއްޖެއާ ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަނީ

ދެ ގައުމުގެ ކަމާގުޅޭ މިނިސްޓަރުންގެ ބައްދަލްވުމަށް ފަހު އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ލަންކާ ސަރުކާރުން އަންގާފައިވާ ކަމަށް ވެސް ނޫސްތަކުގައި ވެއެވެ.

ޓްރާސްޕޯޓް މިނިސްޓަރު އަމީން ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ޕޯޓްސް ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާއާ ބައްދަލު ކުރައްވަނީ

ރާއްޖެއާ ލަންކާއާ ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމައިފި އެވެ.

މާޗް ފުރަތަމަ ދުވަހު ރާއްޖޭގައި އެއާ އެމްބިއުލާންސް ގެ ހިދުމަތް ފަށަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެ ހިދުމަތް ފެށޭނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޓްރާސްޕޯޓް މިނިސްޓަރު އަމީން ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ޕޯޓްސް ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާއާ ވަނީ ބަދަލު ކުރައްވާފައެވެ. އެ ބައްދަލްވުމާއި ގުޅޭ ގޮތުން ލަންކާގެ ނޫސްތަކުން ބުނީ  މާޗް ފުރަތަމަ ދުވަހު ރާއްޖެއާ ލަންކާއާ ދެމެދު އެއާ އެމްބިއުލާންސް ގެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.

ދެ ގައުމުގެ ކަމާގުޅޭ މިނިސްޓަރުންގެ ބައްދަލްވުމަށް ފަހު އެކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ލަންކާ ސަރުކާރުން އަންގާފައިވާ ކަމަށް ވެސް ނޫސްތަކުގައި ވެއެވެ. އެ ގޮތުން ލަންކާއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން އެކަމަށް ހާއްސަ ޔުނިޓެއް ގާއިމު ކުރަން ވަނީ ނިންމާފައެވެ. އެކަމާ ގުޅޭ ހުރިހާ ހުއްދަތަކެއް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ނިންމުއެކު އަވަސް ފަރުވާއަށް ލަންކާއަށް ދިއުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ އެވެ. 

މިނިސްޓަރު އަމީން ވެސް ވަނީ އެފަދަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

1
450
މާރިޔާ
2 months ago

ތިއަށްވުރެ ކުރިން ރަށްރަށުން މާލެ ގެންނަން ޖެހޭމީހުންގެ އެއާރ އެމްބުލަންސް ކަންތައްތައް ފަހި ކޮއްބަލަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.